ޒުވާން ތަރި ކާތިކް އާރިއަން ގެ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ފިލްްމް އަކީ މިދިއަ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ 2″ ގެ އެކްޓަރު މިއަހަރު ގެ ފުރަތަމަ ފިލްމްއެވެ. ފިލްމް ރިލިޒް ކުރުމަށް ތާވަލް ކޯށްފައިވަނީ އަންނަ މަހުގެ 10ގައިއެވެ.
"ޝެހެޒާދާ" ގައި ކާތިކް އާއި އެކުގައި ފެނިގެންދާނީ ކްރިތީ ސެނޮންއެވެ. މި ދެތަރިން މީގެ ކުރިން ވެސް ވަނި އެކުގައި މަސައްކަތް ކޮށްފައިއެވެ. މި ފިލްމް އަކީ ކާތިކް ގެ އެކްޝަން ރޯލެއް ފެނިގެންދާނެ ފިލްމްއެކެވެ. އަދި މީ ކާތިކްގެ އެކްޝަން ރޯލެއް ބަލާލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިގެންދާނެ ފިލްމްއެކެވެ.
މި ފިލްމް އަކީ ސައުތުގެ ސްޕްހިޓު ފިލްމް "އާލަ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމޭކެވެ. އެ ފިލްމްއިން ފެނިގެންދިއައީ ސައުތުގެ މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު އައްލޫ އަރުޖުން އިތުރުން ޕޫޖާ ހޭގްޅޭއެވެ.
ބުޝަން ކުމާރު، އައްލޫ އަރުވިންދު އަދި އަމަން ގިލް ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ކާރްތިކް ހަމަޖެއްސުމުން، އެ ފިލްމު ކުޅެން ކާރްތިކް ފީއެއް ނުނަގާނެ އެވެ.
"ޝެހެޒާދާ" ގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ. މިއި އޭނަގެ ތިން ވަނަ ޑައިރެކްޝަނެވެ. ގެ ކާސްޓްގައި ކްރިތީ ސެނަން، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ހިމެނެ އެވެ.