ދަންވަރު 2 ޖެހި އިރު ފޭނަކާ ބައްދަލުކޮށް ޝާހު ފޮޓޯ ނަގައިފި

ދަންވަރު 2 ޖެހި އިރު ފޭނަކާ ބައްދަލުކޮށް ޝާހު ފޮޓޯ ނަގައިފި

Author
ފާތިމަތު ނާވީ
14 ޖެނުއަރީ 2023 09:22
0

މި މަހުގެ 25 ގައި ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ފިލްމް ޕަޓާން" ގެ ލީޑުން ފެނިގެންދާ ބޮލީވުޑްގެ ކިންގް ހާން ޝާހުރުކް ހާން ދަންވަރު ފޭނަކާ ބައްދަލުކޮށް ފޮޓޯ ނަގައިފިއެވެ.

ދަންވަރު 2 ޖެހި އިރު ޝާހު ވަނި ފޭނަކާ ބައްދަލުކޮށްފައިއެވެ. ސޯޝަލް މިޑީިއާގައި މި ފޮޓޯ ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވައިރަލްވެފައިއެވެ. ޝާހު އާއި ބައްދަލު ކުރުމުގެ އުވެފެންދެކޭތާ 4 ވަރަކަށް އަހަރު ފަހުން ބައްދަލު ވުމުން ފޭން ހުރީ އުފަލުމް މޮޔަވެފައިއެވެ.

ޝާހުރުކްގެ "ޕަޓާން" އަކީ އޭނާގެ ފިލްމް އެއް ރިލިޒް ނުވާތާ 5 އަަހަރު ފަހުން ސިނަމާއަށް އަންނަ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ލީޑުން ޝާހު އާއި އެކުގައި ފެނިގެންދާނީ ދީޕިކާ ޕަދުކޯންއެވެ. އަދި ފިލްމްގެ މުހިންމު ރޯލަކުން ޖޯން އަބްރަހަމް އާއި ޝަބާނާ އާޒްމީވެސް ފެނިގެންދާނެއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެއެވެ. މި ފިލްމް ނެރުމަށް ހަމަޖެހިފައިވަނީ ޔަޝްރާޖްގެ ގެ ކުޑައިގެ ދަށުންނެވެ. ފިލްމް މިމަހު 25 ގައި ސިނަމާއަށް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.