ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތް އޭނާގެ ލޯބިވެރިޔަ އާދިލް ހާން އާއި ކަިއވެނި ކޮށްފިއެވެ.
ރާކީ ސާވަންތު އިއްޔެ ވަނީ އިންސްޓަގްރާމް ސްޓޯރީގައި އިއުލާން ކޮށްފަ އެވެ. ކައިވެނީގެ ފޮޓޯތައް ވެސް ރާކީ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައި ވެއެވެ. އަދި އެ ވީޑީއޯ އާއި ޕޯށްޓްތަށް ވަނި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވައިރަލް ވެގެން ގޮސްފައިއެވެ.
މި ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެމީހުން ކަިއވެނި ކޮށްފައިވަނީ ހިންދޫ ދީނުގެ ސަގާފަތާއި ތަފާތުކޮން މުސްލިމުން ކައިވެނި ކުރާ ގޮތަށެވެ. އެމީހުން ނިކާހް ކޮށްފައި ވަނީ މިދިއަ އަހަރުގެ ޖުލައި މަހުގައި ކަމަށް ރާކީ ވަނީ ބުނެފައިއެވެ. އާދިލް އަކީ މުސްލިމެއް ކަމުން އެމީހުން ކައިވެނި ކުރީ މުސްލިމުން ކަިއވެނި ކުރާ އުސޫލުގެ މަތިންނެވެ.
ހަބަރުތަށް ބުނާގޮތުގައި މި ކައިވެނި ކުރުމަށް ރާކީ ވަނީ އޭނާގެ ދީން ބަދަލުކޮށްފައިއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާގެ ނަމަވެސް ބަދަލު އައިސްފައިވާ ކަމަށް ވެއެވެ.
ރާކީގެ ކަިއވެނީގެ ވާހަކަ ދެކެވެން ފެށީ އެމީހުން ރުޅިވި ކަމުގެ އަޑުތަކެއްވެސް އެރިފަހުންނެވެ. އާދިލް ބޭވަފަ ވިކަމުގެ ތުހުމަތު ތަކެއް ވެސް ކޮށް އެގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ރާކީ ވަނީ މީޑިއާގައި ބުނެފައިއެވެ.
ރާކީ ފާހަގަ ވެގެން ގޮސްފައިވަނީ ވަރަށް މީޑިއާ އާއި ރަހުމަތެރި މީހެއްގެ ގޮތުގައިއެވެ. ރާކީ އާއި އާދިލް ވަނީ އެކުގައި ލަވައެއްވެސް ކުޅެފައިއެވެ. އަދި ދުބާއީގައި ދިރިއުޅުމަށް އެމީހުން ދުބާއީ އިން އެޕާޓްމެންޓް އެއް ވެސް ގަތް ކަމަށް މީގެ ކުރިން ރާކީ ވަނީ ބުނެފައިއެވެ.
ރާކީ އާއި އާދިލް އާއި ދެމީހުންނަކީ ކުރިންސުރެވެސް ދަންނަ ދެކެ ފަރިތަ ރަހުމަތްތެރިންނެވެ. ދެމީހުން ވެސް އެކުގައި ކުޅެމުން އަންނަނީ ވަރަށް އުފާވެރި އުޅުމެއް ކަމަށް އެމީހުން ވަނީ ބުނެފައިއެވެ.