އަދި މަސައްކަތް ވެސް ފަށާނެ އިރެއް ނޭގޭ ފިލްްމް އެއް ކަމުގައިވާ "ބޫލް ބުލައްޔާ" ގެ 3 ވަނަ ފިލްމް ނެރޭ ދުވަސް ފިލްމްގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު އިއުލާން ކޮށްފިއެވެ.
މިދިއަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ2″ ގެ ތިންވަނަ ފިލްމް އެއް ހަދާނެ ކަން މިދިއަ އަހަރުގައި ވަނީ އިއުލާން ކޯށްފައިއެވެ. އަދި ފިލްމް ބެލުންތެރިނަށް ގެނެސްދިނުމަށ ްހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގައި ކަމަށް ވަނީ ބުނެފައިއެވެ. ނަމަވެސް ސީދާ ތާރީހެއް އަދި ނޭގެއެވެ.
ބޫލް ބުލައްޔާގެ ޝޫޓިން ތަށް އަންނަ އަހަރު ފަށާނެ ކަމަށްވއެވެ. 3 ވަނަ ފިލްމް އިން ވެސް ފެނިގެންދާނީ ޒުވާން އެކްޓަރު ކާތިކް އާރިޔާން ކަމަށްވއެވެ. އަދި ފިލްމް ނެރެން ހަމަ ޖެހިފައވަނީ ޓީ ސީރީޒްގެ ކުޑައިގެ ދަށުންނެވެ.
"ބޫލް ބުލައްޔާ 2″ އަކީ 2007 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ފިލްމު "ބޫލް ބުލައްޔާ"ގެ ސީކުއަލްއެވެ. އެ ފިލްމުން ފެހިގެންދިޔައީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއެވެ.
"ބޫލް ބުލައްޔާ 2″ އިން ފެނިގެން ދިއައީ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ ގެ އިތުރުން ތާބޫއެވެ. މި ހޮރޯ ކޮމެޑީ އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ.