ޓްރެއިލާގެ ކުރިން "ޕަޓާން" ގެ އައު ޕޯސްތަރު ތަކެއް

ޓްރެއިލާގެ ކުރިން "ޕަޓާން" ގެ އައު ޕޯސްތަރު ތަކެއް

Author
ފާތިމަތު ނާވީ
11 ޖެނުއަރީ 2023 06:26
0

މި މަހުގެ 25 ގަިއ ރިލީޒް ކުރުމަށް ތާވަލް ކޯށްފައިވާ ޝާހުރުކް ހާންގެ ފިލްމް "ޕަޓާން" ގެ ޓްރެއިލާ ނެރުމުގެ އެއްދުވަސް ކުރިން އައު ޕޯސްތަރު ތަކެއް ބެލުންތެރިނަށް ދައްކައިލައިފިއެވެ.

"ޕަތާން" ގެ ޓްރެއިލާ މާދަމާ އާންމުކުރަން ތައްޔާރުވަމުން އަންނައިރުގައި ފިލްމްގެ ލީޑުން ފެނިގެންދާ އެކްތަރު ޝާހުގެ އައު ޕޯސްޓަރު ތަކެއް ދައްކަލައިލައިފައި ވާއިރުގައި ކުރީގެ ޕޯސްތަރުތަކާއި މާބޮޑޫ ތަފާތެއް ނުފެނެއެވެ. ލީޑުން ފެނިންގެދާ ތިން ތަރިންގެ ޕޯސްޓަރުތަށް ވަނީ ވަކި ވަކިން އާންމުކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ޝާހުރުކެ ފްލޮޕް ފިލްމް 2018 ގެ "ޒީރޯ" އަށް ފަހު ޝާހު އެނބުރި އަންނަ ފިލްމް ގެ ލީޑުން ޝާހު އާއިއެކުގައި ފެނިގެންދާނީ ދީޕިކާ ޕަދުކޯންއެވެ. އަދި ވިލަން އެއްގެ ރޯލުން ޖޯން އަބްރަހަމަ ފެނިގެންދާ ފިލްމްގެ ކާސްޓުގައި ޝަބާނާ އާޒްމީ ވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާ އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ޝާހުރުކް ހާން ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ މި ފިލްމް މި ފިލްމު 3 ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިންދީ، ޓެލުގޫ އަދި ޓެމިލްއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.