ކެމްޕެއިނަށް ނަޝީދު ނ، ރ އަދި ބ އަތޮޅަށް

ކެމްޕެއިނަށް ނަޝީދު ނ، ރ އަދި ބ އަތޮޅަށް

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2023 09:27
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ތިން އަތޮޅަކަށް ދަތުރުފަށައިފިއެވެ.

ރައީސް ނަޝީދު ކެމްޕެއިން ޓީމުން ބުނެފައިވަނީ މިދަތުރަނީ، ނ،ރ އަދި ބ އަތޮޅުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކޮށްލުމަށް އެމަނިކުފާނު ފަށާފައިވާ ދަތުރެއްކަމަށެވެ. މިދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ރައީސް ނަޝީދު ވަޑައިގެންނެވީ ނ. މާފަރަށެވެ. އެރަށުން ނަޝީދަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ.

ރައީސް ނަޝީދު ނ.އަތޮޅަށް ދަތުރު ކުރައްވަނީ، މީގެ ދެދެވަހެއް ކުރިން ރައީސް ޞާލިހު ނ.އަތޮޅަށް ވަޑައިގެންފައި ވަނިކޮށެވެ. ރައީސް ޞާލިހު ވަނީ ނ އަދި ރ އަތޮޅުގައިވެސް ކެމްޕެެއިން ކުރައްވާފައެވެ. މިވަގުތު ރައީސް ޞާލިހު ހުންނަވީ ކެމްޕެއިންގައި އުފަންރަށް ހިންނަވަރުގައެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާއިރު ދެ ކެނޑިޑޭޓުންވެސް ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. އެގޮތުން ޖަގަހަ ޖަލްސާތަކާއި، އަތޮޅުތެރޭގެ ދަތުރުތައްވެސް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.