ސޯނަމްގެ ފިލްމް ޒީ5 އަށް

ސޯނަމްގެ ފިލްމް ޒީ5 އަށް

Author
ފާތިމަތު ނާވީ
06 ޖެނުއަރީ 2023 06:52
0

ސޯނަމް ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ބްލައިންޑް" ޒީ5 އިން ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ނެޓްފްލިކްސް އަށް ސްޓްރީމިން ރައިޓްސް ވިއްކަން ފިލްމުގެ ޓީމުން މަސައްކަތްކުރި އެވެ. އެކަމަކު ދެ ފަރާތަށް އެއްބަަސްވުމަކަށް ނާދެވުމުން، މިހާރު ޒީ5 އާ އެކީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުންޏެވެ.

މި ފިލްމް އަކީ  ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށް، ޝޯމް މަކީޖާ ޑައިރެކްޓްކުރި ފިލްމެކެވެ. 2011 ވަނަ އަހަރުގެ ކޮރެއާ ފިލްމު "ބްލައިންޑް"ގެ ރިމޭކެއްގެ ގޮތުގައި ހެދި ސޯނަމްގެ ފިލްމު ރިލީޒްކުރާނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

2018 ވަނަ އަހަރު ވިޔަފާރީވެރިޔާ ކަމުގައިވާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރިފަހުން ސޯނަމް ވަރަށް ބޮޑަށް އިނޑަސްޓްރީއާ ދުރުވިއެވެ. އަދި ހަމަ އެއާއި އެކުުގައި އިނގިރޭސިވިލާތަށް އަށް އޭނާ ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. 2020 ގައި ސްކޮޓްލޭންޑްގައި ޝޫޓްކުރި މި ފިލްމް ގެ މަސައްކަތް މިހާރު ވަނީ އެއްކޮން ނިންމައިފައިއެވެ.

ސޯނަމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުގެ ފިލްމް "ޒޯޔާ ފެކްޓާ" އިންނެވެ. ނަމަވެސް މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވި ފިލްމެކެވެ. އެފަހުން ސޯނަމް ގެ ފިލްމް އެއް ރިލީޒް ވެފައިއެއް ނުވެއެވެ. މި ފިލްމް ވެގެން ދާނީ "ޒޯޔާ ފެކްޓާ" އަދި ސޯނަމް އަށް އަލަތު ދަރިފުޅު ލިބުންފަހުން ފެނިގެންދާނެ ފުރަތަމަ ފިލްމްއަށެވެ.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ސޯނަމް ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރާއެކު 2007 ގައި ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިއާ" އިންނެވެ. މިހާތަނަށް ސޯނަމަށް ބޮލީވުޑްގައި މާބޮޑޫ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.