ހަށި ވިއްކުމާއި ދެކޮޅަށް ހިންގި 25 އޮޕަރޭޝަނެއްގައި ފާއިތުވެދިޔަ އަަހަރު 32 މީހަކު ހައްޔަރު ކުރި

ހަށި ވިއްކުމާއި ދެކޮޅަށް ހިންގި 25 އޮޕަރޭޝަނެއްގައި ފާއިތުވެދިޔަ އަަހަރު 32 މީހަކު ހައްޔަރު ކުރި

Author
ހުސެއިން
05 ޖެނުއަރީ 2023 06:20
0

ހަށި ވިއްކުމާއި އިންސާނީ ވަގުފާރިއާއި ދެކޮޅަށް ފާއިތުވެދިަޔ އަހަރު ހިންގި 25 އޮޕަރޭޝަނެއްގައި 32 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަ ކޮށްފިއެވެ.

ފާއިތުވެދިޔަ އަހަރު ދައުލަތުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ހިންގުނު ބައެއް އޮޕަރޭޝަންތަކުގެ ތަފާސް ހިސާބުތައް އާންމު ކުރަމުން ފުލުހުން ވިދާޅުވެފައިވަނީ، ހަށި ވިއްކުމާއި އިންސާނީ ވަގުފާރިއާއި ދެކޮޅަށް ފާއިތުވެދިޔަ އަހަރު ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން 14 އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވާއިރު 11 އޮޕަރޭޝަނެއް ހިންގާފައިވަނީ އިމިގްރޭޝަނާއި ގުޅިގެން ކަމުގައެވެ.

އަދި މި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި 32 މީހުންގެ ތެރެއިން 6 މީހުންނަކީ ދިވެހިން ކަމަށާއި 26 މީހުންނަނީ ބިދޭސީކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. އަދި މީގެ ތެރެއިން 28 މީހަކުވަނީ ޑީޕޯޓު ކޮށްފައެވެ.

ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މީގެތެރެއިން 11 މައްސަލައެއްގެ ތަހުގީގު ކުރިޔަށް ދާއިރު 3 މައްސަލައެއް ފައިލް ކުރެވި، 2 މައްސަލައެއް ޕީޖީއަށް ފޮނުވާ 6 މައްސައެއް އަދިވެސް ވަނީ ތަހުގީގީ މަރުހަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.