ނަކުލް އަށް ފަހު ދިޝާ ވެސް "ބަޅޭ އައްޗޭ ލަގްތޭ ހޭ 2″ ދޫކޮށްލައިފި

ނަކުލް އަށް ފަހު ދިޝާ ވެސް "ބަޅޭ އައްޗޭ ލަގްތޭ ހޭ 2″ ދޫކޮށްލައިފި

ސޮނީ ޓީވީގެ "ބަޅޭ އައްޗޭ ލަގްތޭހޭ 2″ ލީޑުން ފެނިގެންދާ ބަތަލާ ދިޝާ ޕަރްމަރް އެ ދޫކޮށްލަން ނިންމައިފި އެވެ. މީ މިސީރީޒް ބަލާ މީހުން ހިތް ކުދިކުދި ވާނެ ފަދަ ހަބަރެކެވެ.

މިގެ ދުވަސްކޮޅެއް ކުރިން ޑްރާމާގެ ލީޑުން ފެނިގެންދާ އެކްތަރު ނަކުލް މެހްތާ ވަނީ އޭނާ އެޑްރާމާ ދޫކޮށްލިކަން އިއުލާން ކޮށްފައިއެވެ. އެހަބަރުގެ ތާޒާކަން މަތީ ލީޑު ބަތަލާވެސް ޑްރާމާއިން ވަކިވާ ވާހަކަ މިވަނީ އިއުލާން ކޯށްފައިއެވެ.

 

View this post on Instagram

 

A post shared by Nakuul Mehta (@nakuulmehta)

ނަކުލް މި ކާމިޔާބު ޝޯވ އިން ވަކިވާން ނިންމީ އަލަށް ކުރާނެ ކަމެއް މިޝޯވ ގައި ނެތް ކަމަށްބުނެއެވެ. އަދި ބޭނުން ވަނީ ތަފާތު ރޯލެއް ކަމަށާއި އެއަށް ވުރެ ބޮޑަށް އެކްޓިންގ ދައްކާލުމަށް ބޭނުން ވާކަމަށް ނަކުލް ވަނީ ބުނެފައިއެވެ.

އުމުރުން 39 އަހަރުގެ އެކްޓަރު ބުނީ އޭނާ ބޭނުންނަމަ މި ޝޯ އިތުރަށް ކުރިއަށް ގެންދެވުނީސް ކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ އޭނާގެ ހުނަރަށް ޗެލެންޖް ކޮށްލެވޭ ކަހަލަ ރޯލެއް ކުޅެން ކަމަށެވެ.

އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ދިޝާ ބުނީ އަހަރަކަށް ވުރެ ގިނަ ދުވަހު މި ޝޯ ކުޅެފައިވާތީ ޝޯ އިން ވަކިވާން ވަރަށް ދަތި ކަމަށެވެ. އޭނާ މިޙާރު ކުޅެނީ 5 އަހަރުގެ ކުއްޖެއްގެ މަންމަ ރޯލެވެ. އެހެންވެ ޝޯވ އިން ވަކިވާން އެހާ ބޭނުން ނުވާކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ނަމަވެސް ދެން ޝޯގައި ދައްކާނީ 20 އަހަރު ފަސް ކަމަށް ވާތީ އެހާ ބޮޑެތި ކުދިންގެ މަންމައެއްގެ ރޯލު ކުޅޭކަށް އޭނާގެ ހިތް އެބަސް ބުނާ ކަމަށާއި އެހާ ބޮޑެތި ކުދިންގެ މަންމަ ރޯލު ކުޅެން ބޭނުން ނުވާތީ ވަކިވަނީ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Disha Parmar Vaidya (@dishaparmar)

ނޫސްތަކުން ބުނާގޮތުގައި ދުވަސްވީ ދެމަފިރިއެއްގެ ރޯލު ކުޅެން ނަކުލް ވެސް އަދި ދިޝާވެސް ބޭނުންނުވެއެވެ. އެމީހުން ޝޯވ އިން ވަކިވާން ނިންމީ އެހެންވެ ކަމަށް ހަބަރުތަށް ބުނެއެވެ. ދިޝާގެ ބަދަލުގައި ޝޯވ އިން ފެނިގެންދާނީ ކޮން ތަރިއެއް ކަމެއް އަދި ނޭގެއެވެ. ނަމަވެސް ނަކުލްގެ ބަދަލުގައި ޝޯގައި ލީޑް ރޯލު ދެން ކުޅޭނީ ހިތެން ތޭޖްވާނީ އެވެ. ހިތެން ކުޅެނީ ނަކުލް ކުޅުނު ރާމް ކަޕޫރުގެ ކެރެކްޓާގެ ކޮއްކޮ ލަކަންގެ ރޯލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *