މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ހިންގާ "ޗާލު މިސްކިތް"ހަރަކާތުގެ ދަށުން ކުޑަ ކުދިންގެ ހަވީރެއް

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ހިންގާ "ޗާލު މިސްކިތް"ހަރަކާތުގެ ދަށުން ކުޑަ ކުދިންގެ ހަވީރެއް

Author
ޢަލީ އާދަމް
05 ޖެނުއަރީ 2023 01:40
0

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ހިންގާ "ޗާލު މިސްކިތް"ހަރަކާތުގެ ދަށުން ކުޑަ ކުދިންގެ ހަވީރެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަނޑް ހޯދުމަށް ޚާއްސަ ޙަރަކާތެއްގެ ގޮތުގައި ޓެލެތޯންއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެކައުންސިލުން ބުނީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށެވެ.

އެހެން ކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވެއެވެ. އަދި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައެވެ.

މާލެ ސިޓީ ކައުންސިލުން ބާއްވާ "ޗާލު މިސްކިތް" ހަރަކާތުގައި އޮންނަ ކުޑަ ކުދިންގެ ހަވީރުގައި "ބައުންސީ ކާސަލް" އާއި ކުރެހުމާއި ކުލަޖެއްސުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

މި ހަރަކާތް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު މި އިވެންޓް ކުރިއަށް ދާނެއެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ (ހުކުރު) ހަވީރު 4 ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން ރޭގަނޑު 11 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

އަދި ޖެނުއަރީ 7 ވަނަ ދުވަހު (ހޮނިހިރު) ހެނދުނު 9 ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން 11 އާއި ހަމައަށް މި ހަރަކާތް ކުރިއަށް ދާނެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.