ތަމަންނާ އާއި ވިޖޭ އުޅެނީ ރައްޓެހި ވެގެން

ތަމަންނާ އާއި ވިޖޭ އުޅެނީ ރައްޓެހި ވެގެން

Author
ފާތިމަތު ނާވީ
04 ޖެނުއަރީ 2023 06:53
0

މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ އާއި އެކްޓަރު ވިޖޭ ވަރްމާ އަކީ ބޮލީވުޑްގެ ނިއު ކަޕުލް ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

ސައުތުގެ އިތުރުން ބޮލީވުޑްގައި ވެސް ފިޔަ ޖަހަމުން އަންނަ ބަތަލާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތަށް ދެކެވެން ފަށައިފައި މިވަނީ އައު އަހަރު ފާހަގަ ކުރުމަށް ކޮންސެޓެއްގައި އެދެމީހުން އުޅެނިކޮން ފެނުމާއި ގުޅިގެންނެވެ. މި ވާހަކަ ތަކުގެ އަޑު އެންމެ ބޮޑަށް ގަދަވެފައިމިވަނީ އެދެމީހުން މި ކޮންސެޓުގައި ގައިގޯޅި ކޮށް ފެނުމާއި ގުޅިގެންނެވެ.

އެކްޓަރު ދިލްޖީތް ދޮސާންޖާ ގެ މި ކޮންސެޓުގައި ދެމީހުންވެސް ވަރަށް ގައިގޯޅި ކޮން ފެނިގެން ގޮސްފައިވާ އިރުގައި މިއީ މި ދެތަރިން ވަރަށް ސިއްރުން ކުރިއަށް ގެންދާ އަދި މި ގުޅުމަށް ދުވަސް ކޮޅެއް ވެފައިވާ ކަމަށްވެސް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.

ނަމަވެސް މި ހަބަރާއި ގުޅިގެން މި ދެތަރިން ކުރެ އެއްވެސް ތަރިއެއް އަދި މިވީހާ ތަނަކަށް އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ. އަދި ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ކަށަވަރު ކޮށްދީފައިއެެއް ވެސް ނުމެވެއެވެ.

 

View this post on Instagram

 

A post shared by Vijay Varma (@itsvijayvarma)

ދިލްޖީތް ގެ މި ޓުވާ ފެށީ މިދިއަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައި މުމްބައި އިންނެވެ. އައު އަހަރު ފާހަގަ ކުރުމަށް އޭނާ ބޭއްވި މި ކޮންސެޓްއަށް ބޮލީވުޑްގެ ބައެއް ތަރިން ވަނީ ގޮސްފައިއެވެ. އެގޮތުން ކާތިކް އާރިޔާން އާއި ނޭހާ ދުޕިއާ އަދި އަންގަތް ބޭދީ ފާހަގަ ކޮށްލެވެއެވެ.

ވިޖޭ ވަނީ ކާމިޔާބު ފިލްްމް ތަކަކުން ފެނިގެން ގޮސްފައިއެވެ. އޭގެ ތެރޭގައި "ގަލީ ބޯއީ" އާއި "ސުޕަ 30″ އަދި "ބާގީ3″ ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެއެވެ. ނަމަވެސް މިހާތަނަށް އޭނާ ފެނިގެން ގޮސްފައ ވަނީ މުޅިންވެސް ސަޕޯޓިންގ ރޯލު ތަކުންނެވެ.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

ތަމަންނާ އަކީ ސަައުތު ގެ ފިލްމް އިންޑަސްޓްރީގައި އެންމެ ހިނގާ އެންނަމެވެ. އޭނާ ވަނީ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ. 33 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް "ޕްލޭން އޭ އެންޑް ޕްލޭން ބީ"އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.