މައްސަލަތައް ޙައްލުކުރަން ކުރެވެންހުރި މަސައްކަތެއް މިދަނީ ކުރަމުން: ފުވާދު

މައްސަލަތައް ޙައްލުކުރަން ކުރެވެންހުރި މަސައްކަތެއް މިދަނީ ކުރަމުން: ފުވާދު

Author
ޢަލީ އާދަމް
04 ޖެނުއަރީ 2023 11:37
0

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ދިމާވާ މައްސަލަތަކާއި އެނޫންވެސް އެފަދަ މައްސަލަތައް ޙައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާކަމަށް، އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ފުވާދު މިހެން ވިދާޅުވީ މީހަކު ޓްވިޓަރގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ހަމްދޫން ކިޔާ މީހެއްގެ އެކައުންޓުން ސުވާލުކޮށްފައިވަނީ ސިޔާސީ ޕާޓީތަކަށް ވަންނައިރު މެމްބަރޝިޕް ފޯމުގައި އިނގިލީގެ ނިޝާން ޖެހުމުގެ ބޭނުމާ ގުޅޭގޮތުންނެވެ. އެމީހާ ބުނީ އިނގިލީގެ ނިޝާން ޖަހަން ލާޒިމްވާއިރު، އަމިއްލަ އިނގިލީގެ ނިޝާން ނެތި ވަރަށް މީހުން ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައި ވާކަމަށެވެ. އެހެންކަމުން އިނގިލީގެ ނިޝާން ޖެހުމުގެ ބޭނުމަކީ ކޮބައިތޯ އެމީހާ ސުވާލުކޮށްފައިވެއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ފުވާދު ވިދާޅުވެފައިވަނީ ތިޔަ ވާހަކަ ރަނގަޅު ކަމަށެވެ. އަދި އެބާވަގތުގެ ކަންތައްތައް ރަނގަޅުކޮށް އިސްލާޙުކުރުމަށް އީސީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށެވެ.

މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައާއި، އެއް ޕާޓީގެ ދަފުތަރުގައި ތިބޭ މީހުން އެމީހުންނަށްވެސް އަދި އެޕާޓީއަށްވެސް ނޭނގި އެހެން ޕާޓީތަކަށް ރަޖިސްޓްރީކޮށްފައި ހުންނަ މައްސަލަ ފަހަކަށްއައިސް ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.