އެމްޑީޕީ އޮފީހުން "ވަގުން" ބޭރުކޮށް ސައްޙަ ޕްރައިމެރީއެއް ބާއްވައިދީ: ޙާމިދު

އެމްޑީޕީ އޮފީހުން "ވަގުން" ބޭރުކޮށް ސައްޙަ ޕްރައިމެރީއެއް ބާއްވައިދީ: ޙާމިދު

Author
ޢަލީ އާދަމް
02 ޖެނުއަރީ 2023 12:36
0

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމެރީގެ ކުރިން އެޕާޓީގެ އިދާރީ އޮފީހުން "ވަގުން" ބޭރުކޮށް ޞައްޙަ ޕްރައިމެރީއެއް ބާއްވައިދިނުމަށް ޙާމިދު ޢަބްދުލްޣަފޫރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖުލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި، އަދި މިޙާރު ފުލުހުންގެ ބޯޑުގެ މެމްބަރެއްގެގޮތުގައި ހިމެނޭ ހާމިދުވަނީ އެމްޑީޕީގެ ރިޔާސީ ޕްރަައިމެރީގެ ޞައްޙަކަން ގެއްލުވާލާފައިވާކަމަށެވެ. މިހެން ވިދާޅުވެ ހާމިދު މިއަދު ޓްވީޓުކުރެއްވީ ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނާއެކުގައެވެ.

އެހެން ޕާޓީއެއްގައި ނަން އޮވެގެންކަމަށް ބުނެ އެމްޑީޕީގެ 39،398 މެންބަރުން ނުވަތަ ޕާޓީގެ ދަފްތަރުގެ %42 މެންބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމަށާ، އެއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ޙީލަތްތެރި ޢަމަލެއްކަމަށް ބުނެ ނަޝީދުގެ ކެމްޕެއިން އޮފީހުން މިއަދުވަނީ އަނެއްކާވެސް ޝަކުވާކޮށް ބަޔާނެއް ނެރެފައެވެ.

ޙާމިދު ޢަބްދުލްޣަފޫރަކީ ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ. ވާދަވެރިކަން ބޮޑުވެ އެމްޑީޕީ ވަނީ ދެބައިވެ ދެފެކްޝަން އުފެދިފައެވެ. ރިޔާސީ ޕްރައިމެރީއާ ގުޅިގެން އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ބޮޑެތި ތުހުމަތުތައް ކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.