ރައީސް މަސައްކަތް ކުރައްވަނީ ސިޔާސީ މަންފާއަކަށް ނޫން، އިޤްތިޞާދު ކުރިއަރުވަން: އަމީރު

ރައީސް މަސައްކަތް ކުރައްވަނީ ސިޔާސީ މަންފާއަކަށް ނޫން، އިޤްތިޞާދު ކުރިއަރުވަން: އަމީރު

Author
ޢަލީ އާދަމް
02 ޖެނުއަރީ 2023 11:48
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތްޕުޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ މަންފާއަކަށް ނޫންކަމަށާ، ރާއްޖެއަށް ކުރިމަތިވެދާނެ އިޤްތިޞާދީ ދަތި ޙާލަތަކުން ޤައުމު ސަލާމަތްކުރައްވައި ޢިޤްތިޞާދު ކުރިއަރުވަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތީޞާދީ ޙާލަތާމެދު ބައެއް ފަރާތްތަކުން ދައްކަމުންދާ ދައްކަމުންދާ ވާހަކަތައް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވެ ކުރިއަރަމުން އަންނަކަން ދުނިޔޭގެ މާލީ އިދާރާތަކުންވެސް ހާމަކުރަމުން އަންނަކަމަށެވެ. އެގޮތުން އައިއެމްއެފްގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުންކަމަށާ، މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާކަމަށް އަމީރު ވިދާޅުވިއެވެ.

އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫންކަމަށާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާކަމަށް އަމީރު ވިދާޅުވިއެވެ. 

ކައިރި ޤައުމުތަކުން އަޅުގަނޑުމެންނަށް, ފެނިގެންދާ ހަޤީޤަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިޤްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް"ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށްކަންކަމަށްވެސް އަމީރު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޒްރާ
އިގްތިސާދު ހަރުދަނާކޮށް ފުޅާކުރުމަށް އަމީރު ވަރުގެ މީހެއްނެތް ހިންގަން ނޭނގި ގައުމު ބޮޑު އަދަވަޅަކަށް ައްޓާލީ ހަރުދަނާ ކުރުމަށޯ ކޯއްޗެއްތަ
މ މިނިވަން.
މި ސަރުކާރަށް އެނގެނީ އެކި އެކި ނިަންނަމުގަ ރައްޔިތުން ފެލަން އެއީ އިގުތިޞޯދު ކުރި އެރުވުމެއް ނޫން ރައްޔިތުން އަތުން ގަދަކަމުން ފޭރުން.