މަސާޖު ޕާލާތަކުގެ މައްސަލާގައި ފުވާދުގެ ތަފާތު ޓްވީޓެއް: "ފަތިސް ވާނީ ހާ ގޮވުމުން"

މަސާޖު ޕާލާތަކުގެ މައްސަލާގައި ފުވާދުގެ ތަފާތު ޓްވީޓެއް: "ފަތިސް ވާނީ ހާ ގޮވުމުން"

Author
ޢަލީ އާދަމް
02 ޖެނުއަރީ 2023 07:30
0

ފަހަކަށް އައިސް މާލޭގައި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމާއި ފާޙިޝުކަންކަން ޢާންމުވެފައިވާތީ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރެއްވުމުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ތަފާތު ޓްވީޓެއް ކުރައްވައި ޝުޢޫރު ފާޅުކުރައްވައިފިއެވެ.

މާލޭގައި މަސާޖު ޕާލާތަކުގެ ނަމުގައި ބަދު އަޚްލާޤީ ޢަމަލު ހިންގާ ތަންތަން ޢާންމުވެފައިވާ މައްސަލާގައި މުއައްސަސާތަކުން އެއްވެސްމަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއް ރީޓް ޓްވީޓްކުރައްވައި ދީނީ ޢިލްމުވެރިޔާ ޑރ.ިއޔާޒުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑރ.އިޔާޒް ވިދާޅުވެފައިވަނީ މިކަންތައް ނުހުއްޓުވިގެން އުޅޭ ސަބަބު ފުލުހުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްވީޓަރ ޓެގްކުރައްވައި ޑރ.އިޔާޒް ކުރެއްވި ޓްވީޓަށް ފުވާދު ތައުފީޤު ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ. ފުވާދު ކުރެއްވި ޓްވީޓުގައި ވަނީ ކިތަންމެ ވަރަކަށް ކުކުޅު ގޮވިޔަސް ފަތިސް ނުވާނެކަމަށާ، ފަތިސްވަނީ ހާ ގޮވީމަކަމަށް ދިވެހި ހަރުބަހެއްގައި އޮންނަކަމަށެވެ.

ފުވާދުގެ މި މާނަފުން ޓްވީޓާ ގުޅިގެން އެތައް ބަޔަކު ޝުޢޫރު ފާޅުކޮށްފައިވެއެވެ.

ހަށިވިއްކާ ތަންތަން މަސާޖު ޕާލާ ނަމުގައި މީހާރު ރޯ ބަރަހަނާ އަންހެނުން ލައިގެން ފޭސްބުކްގައި އިސްތިހާރުކުރަމުންދާކަން ޝައިޚް ޢަލީ ޒައިދު ވަނީ ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފަދަ ތަންތަނުން "ފުލް ބޮޑީ މަސާޖޭ، ޕްރައިވެޓް ޕާޓްސްއިން އިސްތަށި ބާލަމޭ" ކިޔާއިރު، ދެ އަތް އުރާލައިގެން މުއައްސަސާތަކުން ތިބުމަކީ ވަރަށް ވިޔާނުދާ ކަމެއްކަމަށެވެ. މިތަންތަން ބަންދުކޮށް ހުއްޓުވެންޖެހޭކަމުގައި ޝައިޚް ޒައިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޏ ޏަވާ
މި ގައުމުގައި ތިބި ވެރިންނަކީ ހަލާލެއް ހަރާމެއް އެނގޭ ވަރަށްވުރެ ޖާހިލުބައެއް.
ެ ެަލައި
ކޮން މުއައްސަސާއެއްތޯ މި ވަގުތު، ޒިންމާ އުފުލަނީ.
ކ ކަތީބު
އެތަންތަން ނުހުއްޓުވޭނެ އެއީ ސަރުކާަރައް އާމްދަނީހޯދަން ހިންގާތަންތަން ވަރައް ސަލާމް.
މިޤަވްމުގަ އިސްލާމީވެރިކަމެއް (ނަމުގަ)ހިނގާތާ އެތަށް ޒަމާނެއް ވޭތުވެ ހިގައްޖެ! ގިނަކަން ކަން ދަނީ ހަމަ ނަމުގަ އިސްލާމް ކަން ހިންގަނީ ޔޫރަޕްގެ ފަރަންޖީންގެ ކޮޕީ ކޮށްގެން!