އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޓީމުތައް މާލޭގައި ޑޯޓުޑޯ ހަރަކާތް ފަށައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު އިއުލާން ކުރެއްވި ހިސާބުން ކެމްޕެއިންގެ އެކި ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
މިގޮތުން މާލޭގެ ހަރުގެ ތަކުގައި ޖަލްސާތައް ބޭއްވުމާއި ތާއީދު ހޯދުމުގެ އެކި މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިސްކޮށް ހުންނަވައިގެން މާލޭގެ އެމްޑީޕީގެ ގޭގައަށް ގެންދަވަނީ ވަޑައިގެން ރައީސަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރަމުންނެވެ. އާއިލާއާއިއެކު މިވަގުތު ލަންކާގައި ހުންނެވި ރައީސް ޞާލިހުގެ ކެމްޕެއިން ހަރަކާތްތައް މުޅި ރާއްޖޭގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
ރައީށް ޞާލިހުގެ ކެމްޕެއިން ޓީމުން މަސައްކަތް ކުރަމުންދަނީ ޖެނުއަރީ ދެވަނަ ހަފްތާގެ ތެރޭގައި ކެމްޕެއިން ލޯންޗު ކުރުމަށެވެ. އެޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ މާލޭގައެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަމްޕެއިން ލޯންޗުކޮށް، ކެމްޕެއިން ދަތުރުތައްވެސް ފަށާފައެވެ.
ދޮށީ އުމުރުގެ ބޭފުޅުންވެސް ރައީސް ސޯލިހާއެކު 🥰💛
ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތް ހުރިހާ އުމުރެއްގެ ބޭފުޅުންގެ ތާއީދުވެސް ރައީސް @ibusolih އަށް
މާފަންނު މެދު ހަމަ ގަދަކޮށް 💪#Ibu2023 pic.twitter.com/3wKZGDNTvq
— 𝓐𝔃𝓶𝓮𝓮𝓷 (@neemza_87) December 30, 2022
ޖެނުއަރީ 28 ވަނަދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށް ފާޑުވިދާޅުވެ ސަރުކާރަށްވެސް ހޫނު ރައްދުތަކެއް ދެއްވަމުންނެވެ. ޕްރައިމަރީއަށްފަހު ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު ނުލިބިއްޖެނަމަ އެއީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގައި ސެޕްޓެމްބަރު މަހުގެތެރޭގައި ބާއްވާއިރު، އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެނޑިޑޭޓް ރައީސް ޔާމީން އަށްވަނީ ޖަލުހުކުމެއް އިއްވާފައެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ބަންދުވެފައެވެ. ނަމަވެސް އިސްތިއުނާފުގެ މަރުހަލާގައި ހައި ކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ހުކުމް ބާތިލް ކޮށްފިނަމަ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
One Response
ދިވެހި ރައްޔިތުން ބަނޑައްޖައްސާ ގައުމު ފަނާކޮއް ނުވިތާކައް އެވަރުން ވެސް ހަމަނުޖެހިގެން ގައުމު ވިއްކާލި ހާއިނަކައް ރައްޔިތުން ދޭނެ ވޯޓެއް ނެއް ކުރީގައިވެސް ވެރިކަމައް އައީކީ ރައްޔިތުންދިން ވޯޓަކުން ނޫންކަމާއި ވައްކަން ކޮއް ފޭރި ލޫޓުވި ވެރިކަމެއް ކަން ވެސް މިފުރުސަތުގައި ފާހަނގދ ކުރަމެވެ އަޅުގަގެ ދުއާއަކީ މިމުސީބާތުން ﷲ ތައާލާ ގައމާއި ރައްޔިތު.‘ މިން ކުރެއްވުން އިންޝާ ﷲ