ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެޗްޑީސީން ހޯދައިދިނީ އުފާވެރި ވަގުތުކޮޅެއް!

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެޗްޑީސީން ހޯދައިދިނީ އުފާވެރި ވަގުތުކޮޅެއް!

Author
ޢަލީ އާދަމް
31 ޑިސެމްބަރ 2022 10:50
0

ހުޅުމާލޭގައި ހުންނަ ކުދަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި ދިރިއުޅޭ ކުދިންނަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޚާއްސަ ޙަރަކާތެއް ބާއްވައިފިއެވެ.

"ފިޔަވަތި ފަންޑޭ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މިހަރަކާތް އޮތީ ފަރުކޮޅު ފުށީގައެވެ. އެޗްޑީސީން ބުނީ މިއީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތެއްކަމަށެވެ. އަދި މިއީ 2022ވަނަ އަހަރުގެ އެކުންދުނީގެ މިފަދަ ޕްރޮގްރާމްތައް ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތެއްކަމަށްވެސް އެޗްޑިސީން ބުނެއެވެ.

ފިޔަވަތީގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން މިޙަރަކާތުގައި ބައިވެރިވިކަމަށް މަޢުލޫމާތުލިބެއެވެ.

މިޙަރަކާތް އޮތީ އިއްޔެ ހަވީރުއެވެ. މި ޙަރަކާތާއެކު ފިޔަވަތީގެ ކުދިން ތިބީ ވަރަށް އުފާވެފައިކަމަށާ، އެކުދިންގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ އަސަރަކީ އެޗްޑީސީގެ މެނޭޖުމަންޓާއި މުވައްޒަފުންނަށް ލިބުނު އާދަޔާ ޚިލާފު އުފަލެއްކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީއަކީ ޚާއްސަކޮށް ހުޅުމާލޭގެ އެކިއެކި ކަންކަމާއި އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ގިނަ އިޖުތިމާޢީ ޙަރަކާތްތައް ހިންގާ ކުންފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.