ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ސްރީ ލަންކާ އަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަސް ދުވަހުގެ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ސްރީ ލަންކާގައެވެ. ރައީސް ޞާލިހުގެ ދެކަނބަލުން ލަންކާއަށް ވަޑައި ގަންނަވަނީ އާހަރުގެ ބަންދާވެސް ދިމާކޮށެވެ.
ކޮމެންޓު ފޮނުވާ