އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ. މިރޭ 8:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމަށް ވަނީ ދެކަމެއް އެޖެންޑާ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރިޔާސަތުން ހާމަކުރާ މައުލޫމާތު އާންމު ކުރުމާއި ކުރިޔަށް އޮތް އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހޮވާ 5 މެމްބަރުންގެ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރުމެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ރިޔާސީ ޕްރައިމަރީގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާންޖެހެނީ ގައުމީ މަޖިލިހުން އައްޔަންކުރާ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ.
އަންނަ މަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ އެޕާޓީގެ އިސްލީޑަރު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
އަދި ދެބޭފުޅުންވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ. އެހެންނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވަނީ ޕާޓީގެ ދަފްތަރުން 30 ހާސް މެމްބަރުން އުނިކޮށްފައިވާކަމުގެ ތުހުމަތު ރައީސް ސާލިހުގެ މައްޗަށް ކުރައްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުން ތާއީދު ކުރަމުންދަނީ ރައީސް ސާލިހަށެވެ.
ކޮމެންޓު ފޮނުވާ