އުއްޗުގެ އުފަންދުވަހަށް ލަވަކިޔުންތެރިރާ ފާއިޒް ރާއްޖެއަށް!

އުއްޗުގެ އުފަންދުވަހަށް ލަވަކިޔުންތެރިރާ ފާއިޒް ރާއްޖެއަށް!

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2022 12:30
0

ރާއްޖޭގެ މަޝްހޫރު ވިޔަފާރީވެރިއާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އުފަން ދުވަހަށް އިންޑިއާގެ ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒް ރާއްޖެ އަތުވެއްޖެއެވެ.

14 އަހަރުގެ ލަވަކިޔުންތެރިޔާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައިއެވެ. ފައިޒަކީ ސޮނީ ޓީވީން މި އަހަރު ގެނެސްދިން އެ ޗެނެލްގެ "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ކާމިޔާބުކުރި ފަންނާނެވެ. ސޮނީން މިހާރު ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 13 ގައި މިދިޔަ މަހުގެ ތެރޭގައި ފައިޒް މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ލަވަ ކިޔާފައިވެއެވެ.

ފާއިޒް ޕާފޯމް ކުރާނީ އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައިއެވެ. އުއްޗުގެ އުފަން ދުވަހަކީ އިއްޔެ ކަމަށް ވިޔަސް، ފައިޒްގެ ޕަފޯމަންސްތަކާ އެކީ އުފަން ދުވަހުގެ ޝޯ އޮންނާނީ މިރެއެވެ.

"ސުޕަސްޓަ ސިންގާ" ގެ އިތުރުން ޒީޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ސަރެގަމަޕާ" ގައި ވެސް ފާއިޒް ބައިވެރިވިއެވެ. އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ އެ ޝޯތަކުގައި ލަވަކިޔައިގެންނެވެ. ފާއިޒް ބޮޑަށް މަގުބޫލުވެގެން ގޮސްފައިވަނީ ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ލަވަކިއުނތެރިއެއްގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.