ސްޓެލްކޯގެ ޚިދުމަތަށް 73 އަަހަރު: އަމާޒަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާކޮށް، ޚިދުމަތުގެ އަގު ހެޔޮކުރުން

ސްޓެލްކޯގެ ޚިދުމަތަށް 73 އަަހަރު: އަމާޒަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާކޮށް، ޚިދުމަތުގެ އަގު ހެޔޮކުރުން

Author
ހުސެއިން
21 ޑިސެމްބަރ 2022 06:59
0

ސްޓެލްކޯގެ މުސްތަގުބަލްގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވެ، އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ހެޔޮކުރުން ކަމުގައި އެކުންފުނީގެ ޗެއަރމަން ބްރެގޭޓިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބްރެގޭޓިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވީ ސްޓެލްކޯގެ ޚިދުމަތަށް 73 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފްވެރިކޮށް ދެއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއަރ ދީދީ ވަނީ މީގެ 73 އަހަރު ކުރިން އެކުންފުނީގެ ޚިދުމަތްތައް ފެށިގެން އައި ގޮތުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ. މިގޮތުން ދީދީ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން އެންމެ ފުރަތަމަ ޚިދުމަތް ފަށާފައިވަނީ 14 ކިލޯވޮޓްގެ ޖެނެރޭޓަރެއް ބޭނުންކޮށްގެން ކަމަށާއި، މި ޚިދުމަތް އިތުރަށް ތަރައްގީކޮށް، ދިވެހިރާއްޖެ ކަޑައްތު ކޮށްފައިވާ ތަރައްގީގެ އެކި މަރުހަލާތަކުގައި އެއިރެއްގެ ބޭނުމަށް ފުދޭ މިންވަރަށް ސްޓޭލްކޯއިން ޚިދުމަތް ފޯރުކޮށް ދީފައި ވާކަމުގައެވެ.

1953 ވަނަ އަހަރު 38 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު ގެނެވި އަދި 1958 ވަނަ އަހަރު އިންޖީނުގެއެއް އުފެދި އިތުރު 470 ކިލޯވޮޓްގެ ގެނެރޭޓަރު ގެނެވުނު. 1964 ވަނަ އަހަރުގެ ތެރޭގައި އަންޑަ ގްރައުންޑް ނެޓްވޯކެއް ގާއިމް ކުރެވުނު. އަޅުގަނޑުމެންނަށް މި ފެންނަ ތަރައްގީ 1980 ގެ އަހަރުތަކުގެ ތެރޭގައި އަދި 1990 އިން 2000 ގެ އަހަރުތަކުގެ ތެރެ އެއީ މި ބޮޑު ތަރައްގީއަށް ސްޓެލްކޯއިން އެންމެ ފަހި ދުވަސްވަރު. އެގޮތުން ސްޓެލޯ ވަރުގަދަވެ, މޯލްޑިވްސް އެނާޖީ ބޯޑު އުފެދި އަދި 1997 ވަނަ އަހަރުގެ ޖޫންމަހު ސްޓެލްކޯގެ ނަމަށް ކުންފުނި ވަނީ ބަދަލުކޮށްފައި.

ސްޓެލްކޯއަށް 73 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗެއަރމަން ބްރެގޭޓިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެފައި ވެއެވެ.

މިގޮތުން ޚިދުމަތް ފުޅާކޮށް މުޅި މާލެ އަތަޮޅު އ. އަތޮޅު އަދި ވ. އަތޮޅުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއަކީ ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތް ކުންފުންޏެއްކަން ފާހަގަ ކުރައްވަމުން ދީދީ ވިދާޅުވި ގޮތުގައި މި ސަރަހައްދު ތަކުގައި 38.4 މެގާ ވޮޓްގެ ފޮލިސް ފިއުލް އެނާޖީ އަދި ދެ މެގާ ވޮޓްގެ ރިނުބަލް އެނާޖީ އެކުންފުނިން ގާއިމް ކޮށްފައި ވާކަމަށެވެ.

އަދި ގްރޭޓާ މާލޭ ރީޖަންގައި 3.4 މެގާ ވޮޓްގެ ރިނިއުބަލް އެނާޖީ އަދި 110 މެގާވޮޓްގެ ފޮލިސް ފިއުލް އެނާޖީ އެކުންފުނިން ގާއިމް ކޮށްފައިވާކަން ފާހަގަކޮށް ދީދީވަނީ މި ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ރާއްޖެފަދަ، ބޮޑުބައެއް ތެލަށް ބަރޯސާ ކޮށްގެން ޚިދުމަތް ފޯރުކޮށްދެމުންދާ ޖަޒީރާގައުމަކަށް، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ނުކޮށް ނުދާނޭ ކަމުގައެވެ. އެހެންކަމުން އެކުންފުނިން ތެލުގެ ވަސީލަތަށް ބަރޯސާވުން ކުޑަކުރާންޖެހޭކަން ފާހަގަކުރައްވަމުން ކުންފުނީގެ ޗެއަރމަން ވިދާޅުވީ އެކުންފުނީގެ މުސްތަގުބަލުގެ އަމާޒަކަށް ހަދާން ޖެހިފައި އޮތީ، ވަށައިގެން ހުރި ގުދުރަތީ ވަސީލަތްތަކުން ލިބެންހުރި އިއާދަކުރަނިވި ހަކަތައަށް ބަރޯސާވުން އިތުރުކޮށް، ރައްޔިތުންނަށް ވީހާވެސް އަގު ހެޔޮކޮށް ޚިދުމަތް ފޯދުކޮށް ދިނުމަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.