"އޭ ވަތަން…މޭރާ ވަތަން" ގެ ޝޫޓިން ނިންމައިލައިފި

"އޭ ވަތަން…މޭރާ ވަތަން" ގެ ޝޫޓިން ނިންމައިލައިފި

ސާރާ އަލީ ހާންގެ މިއަހަރުގެ ތިންވަނަ ފިލްމް "އޭ ވަތަން މޭރާ ވަތަން" ގެ ޝޫޓިން ނިންމައިލިކަން އިއުލާން ކޮށްފިއެވެ. މި ފިލްމަކީ އޮކްޓޯބަރު މަހު އިއުލާންކުރި ފިލްމެކެވެ.

"އޭ ވަތަން…މޭރާ ވަތަން" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. ސާރާވަނީ ފިލްމްގެ ޝޫޓިން ނިމުން ކަން ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިއެވެ. އޭނާ އިންސްޓަގްރާމްގައި ޓީމާ އެކީ ނަގާފައިވާ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައިއެވެ.

މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ 1942 ގައި ފެށުނު "ކްއިޓް އިންޑިއާ މޫވްމަންޓް" އަށެވެ. އަދި އެ ދުވަސްވަރުގެ އަންޑަގްރައުންޑް ރޭޑިއޯ ސްޓޭޝަން، ކޮންގްރެސް ރޭޑިއޯ އާއި އޭގައި މަސައްކަތްކުރި އޫޝާ މެހެތާގެ ވާހަކަ "އޭ ވަތަން…މޭރޭ ވަތަން" ގައި ވަރަށް ބޮޑަށް އަޅިއަޅުވައިލާނެ އެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

"އޭ ވަތަން…މޭރާ ވަތަން" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ހަދާ އެެއްޗެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޑައިރެކްޓަރު ކަންނާން އައްޔަރާއި އާއި ދަރަބް ފާރޫގީ އެވެ. މި ފިލްމްގެ ކާސްޓުގައި ވަރުން ދަވަން ވެސް ހިމެނެއެވެ.

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ މއަހަުރ ވަނީ ތިން ފިލްމްއެއްގެ މަސައްކަތް ކޮށްފައިއެވެ. އެއީ ވިކީ ކޯޝަލް އާއި އެކުގައި އޭނާ ފެނިގެންދާ ފިލްމް "ލަކްމަން އުޓެކާރްސް" އާއި ވިކްރާންތް މަސީ އާއި އެކުގައި އޭނާ ފެނިގެންދާ ފިލްމް "ގޭސްލައިޓް"އެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *