ބޮލީވުޑްގެ ބިރުކުޑަ ބަތަލާގެ ގޮތުގައި މަޝްހޫރު އެކްޓަރެސް ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސްގެ ލޯގޯ ދައްކާލައިފި އެވެ. މި ލޯގޯއިން ވެސް ދައްކުވައިދެނީ ބިރު ކުޑަކަމާއި ޖެހިލުން ކުޑަކަމެވެ.
ލޯގޯއިން ފެންނަނީ މިނިކާވެގެއް ހިންގާފައި އެއިސް އޭގެ އަންގަ ތަންމިނަށް ހުޅުވާލާ ތަނެވެ. މަނިކަރްނިކާ ފިލްމްސް އަކީ 2019 ގައި ރިލީޒްކުރި ކަންގަނާގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އޭނަ އުފެއްދި ކުންފުންޏެކެވެ.
ހަތަރު ފަހަރަށް ނެޝަނަލް އެވޯޑް ހޯދައިފައިވާ ބަތަލާ ވަނީ މަނިކަރްނިކާ ގެ ކުޑައިގެ ދަށުން ޑައިރެކްޝަނަށްވެސް ނުކުމެފައިއެވެ. އެ ސްޓޫޑިއޯ އިން މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ކަންގަނާ ޑައިރެކްޓްކޮށް، ކުޅޭ "އިމަޖެންސީ" ގެ އިތުރުން ނަވާޒުއްދީން ސިއްދީގީއާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ "ޓީކޫ ވެޑްޝް ޝޭރޫ" އެވެ.
35ބަތަލާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ އެއް ތަރިވެސް މެއެވެ. މިއަހަރު ނިކުތީ ކަންގަނާގެ އެންމެ ފިލްމްއެކެވެ. އެއީ މާބޮޑު ތަރުހީބެއް ލިބިފައިނުވާ ފިލްމް "ދާކަޅް"އެވެ.
ކޮމެންޓު ފޮނުވާ