ގެއްލިގެން ހޯދަން އިއުލާން ކުރި ޒުވާނާ ފެނިއްޖެއެވެ.
ފުުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު ޖައިލަމް މިރޭ 19:14 އެހައިކަންހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވާކަމަށެވެ.
އައްޑޫއަށް ނިސްބަތްވާ ޖައިލަމް ދިރިއުޅެމުންދަނީ ހުޅުމާލެ ފޭސް 2 ގައެވެ. އޭނާ ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނު 10:54 ހާއިރުއެވެ. އަދި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
ކޮމެންޓު ފޮނުވާ