ބޮޑު ޚިޔާނާތުގެ ތުހުމަތުގައި ދުންޔާ އޭސީސީއަށް ޙާޒިރުކޮށް ސުވާލުކޮށްފި

ބޮޑު ޚިޔާނާތުގެ ތުހުމަތުގައި ދުންޔާ އޭސީސީއަށް ޙާޒިރުކޮށް ސުވާލުކޮށްފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2022 12:08
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އޭސީސީއަށް ހާޒިރުކޮށްފިއެވެ.

 

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ދުންޔާއަށް ތުހުމަތުކުރަނީ އެމްއެމްޕިއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. އެގޮތުން އެސެޓުރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި މައުލޫމާތުގައި ވާގޮތުން ދުންޔާއަށް އެމްއެމްޕީއާރުސީގެ 200،000 ރުފިޔާ ލިބިފައިވެއެވެ.

ދުންޔާ އޭސީސީއަށް ޙާޒިރުކުރީ މިއަދު ހެނދުނު 11 ޖެހިއިރެވެ. ދުންޔާ ވިދާޅުވީ ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އޭނާ ޖެހިފައިނުވާނެކަމަށެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ކިޔާނާތް 3.4 ބިލިއަން ރުފިޔާއަށް އަރައިކަމަށް ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ު ުމުހައްމަދު
ސިލެކްޓިވް ޖަސްޓިސް އިޒް ނޯ ޖަސްޓިސް. އިފް ދެއާއިޒް ސިލެކްޓިވް ޖަސްޓިސް ޕީޕަލް ވިލްނޮޓް އެކްސެޕްޓް ސެންޓެންސާސް.