ވިކީ އަށް އަނެއްކާވެސް ބަޔޯ ޕިކެއް

ވިކީ އަށް އަނެއްކާވެސް ބަޔޯ ޕިކެއް

Author
ފާތިމަތު ނާވީ
16 ޑިސެމްބަރ 2022 08:22
0

ހަނގުރާމައިގެ ވަރުގަދަ ޝަހުސިއްޔަތަކަށް ބިނާކޮށް ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ބަޔޯ ޕިކް ފިލްމެއް ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކީ ކޯޝަލަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވިކީ އަށް ހުށަހެޅި ވޮރިއާގެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ފިލްމު ރަސްމީކޮށް އިއުލާންކުރަން އަދި ދުވަސްކޮޅެއް ނަގާނެއެވެ. ނަމަވެސް ފިލްމުގެ ޓީމްގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އޭގެ ޝޫޓިން ފެށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.  ވިކީގެ މިފަދަ ފިލްމް އެއް އަންނަ އަހަރުވެސް ރިލީޒް ވާނެއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

އެއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ އަސްކަރީ ވަރުގަދަ އޮފިސަރު ފީލްޑް މާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމު "ސޭމް ބަހާދުރް" އެވެ.

ވިކީއަށް މި ފިލްމު ހުށަހެޅީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ވަރޫން ދަވަންގެ "ބޭޅިޔާ" ގެ ޕްރޮޑިއުސަރު އަދި މެޑޮކް ފިލްމްސްގެ ވެރިޔާ ދިނޭޝް ވިޖަން ކަމަށެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ 2019 ވަނަ އަހަރު ދެއްކި ފިލްމު "ލުކާ ޗުއްޕީ" އާއި ކްރިތީ ސެނޮން ލީޑް ރޯލުން ފެނުނު މިދިޔަ އަހަރުގެ "މިމީ" ގެނެސްދިން ލަކްޝްމަން އުޓޭކަރްއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ނަމަވެސް ފިލްމް އާއި ބެހޭ އެއްވެސް މައުލުމާތެއް މިހާތަނަށް އަދި ހާމަ ކޮށްފައިއެއް ނުވެއެވެ. ފިލްމްގެ ނަމެއްވެސް ނުވަތަ ފިލްމް ވެސް އަދި ރަސްމީކޮން އިއުލާންއެއް ނުކުރެއެވެ. ވިކީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ސަރްދާރް އުއްދަމް"އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ މިމަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާ ކުރާ ފިލްމް "ގޯވިންދާ ނާމް މެރެ"އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.