ޝިދާތާ ވިދާޅުވީ މައްސަލަތަކަށް މަޖިލީހުގެ ކަންބޮޑުވުމެއް ނެތްކަމަށް

ޝިދާތާ ވިދާޅުވީ މައްސަލަތަކަށް މަޖިލީހުގެ ކަންބޮޑުވުމެއް ނެތްކަމަށް

Author
މުޙައްމަދު ޖިމީ
12 ޑިސެމްބަރ 2022 12:29
0

ހދ.ނޮޅިވަރަމުގައި ފިރިމީހާ އަނބިމީހާ މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވެ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ފާޑުވިދާޅުވެއްޖެއެވެ. ޝިދާތާ މިފަދައިން ފާޑުވިދާޅުވީ، ޖެންޑަރ މިނިސްޓަރުކަމުގައި ހުންނެވިއިރު، ޝިދާތާ މަޖިލީހަށް ހާޒިރުކޮށް، ޕްރެޝަރ ކުރެއްވިނަމަވެސް، މިހާރު އެފަދަ ކަމެއް ނުހިނގާތީއެވެ.

ނޮޅިވަރަމުގައި އަނިޔާވެރި ގޮތަކަށް ފިރިމީހާ އަނބިމީހާ މަރާލި މައްސަލައަށް އިޝާރާތްކުރައްވާ ޝިދާތާ ވިދާޅުވީ، ދެ ދުވަސް ތެރޭ އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލުމައި ތުއްތު ކުއްޖެއްގެ ޖިންސީ އަނިޔާގެ މައްސަލަ ފެންމަތިވެފައިވާކަމަށެވެ. ޖެންޑަރ މިނިސްޓަރކަމުގައި ކޮންމެ މީހަކު ހުއްޓަސް، މައްސަލައަކީ މިހާރުން މިހާރަށް ޙައްލުވާން ޖެހޭ މައްސަލައެއްކަމަށާއި، ހިތާމައަކީ މިއަދު މިކަންކަން މަޖިލީހުގެ ކަންބޮޑުވުމަކަށް ނުވާކަންކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގެ ގޮތުގައި ޖެންޑަރ މިނިސްޓަރު ކަމުގައި ޝިދާތާ ހުންނަވަނިކޮށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިހަށް ވެއްދުމަށް މެމްބަރުން މަސައްކަތް ފެއްޓެވި ހިސާބުންނެވެ.

ޝިދާތާ ކަންބޮޑުވުންފާޅުކޮށްފައި މިވަނީ، އައްޑޫގައި ބައްޕައަކު އޭނާގެ 11 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްވެސް ފެންމަތިވެފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.