ހުވަދޫ އެއިޑާއި ގުޅިގެން މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއާއި ގުޅޭ، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި‎‎

ހުވަދޫ އެއިޑާއި ގުޅިގެން މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއާއި ގުޅޭ، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި‎‎

Author
ހުސެއިން
06 ޑިސެމްބަރ 2022 01:30
0

ގދ. މަޑަވެލީ ކައުންސިލް އިންތިޒާމްކޮށްގެން ހުވަދޫ އެއިޑާއި ގުޅިގެން މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއާއި ގުޅޭގޮތުން ރައްޔަތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް  2022 ޑިސެމްބަރ 3 ވީ ހޮނިހިރު ދުވަހު ގދ. މަޑަވެލީ ގައި ބާއްވައިފިއެވެ. ޖުމްލަ 22 ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ސެޝަންތައް ނަންގަވައި ދެއްވީ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާއި ގދ. ތިނަދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރ ގެ ފަންނީ ބޭފުޅުންނެވެ.

މިޕްރޮގްރާމް ހިންގުމަށް މަޑަވެލީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ  ޔޫ.އެސް.އެއިޑްގެ އެހީގެ ދަށުން ޓްރާސްޕޭރެންސީ މޯލްޑިވެސް އިން ކުރިއަށް ގެންދާ "ޕްރޮމޯޓިން ރެސިލިއެންސް އިން ދަ މޯލްޑިވްސް (ޕްރައިމް)" ޕްރޮގްރާމުގެ ސަބްގްރާންޓްގެ ދަށުން، ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުވަދޫ އެއިޑުން ހިންގަމުންދާ "ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

ޕްރޮގްރާމް ކުރިޔަށް ދަނީ

މިޕްރޮގްރާމުގެ ތެރެއިން މިންތީގެ ހަމަހަމަ ކަމަކީ ކޮބައިކަމާއި، މިންތީގެ ހަމަހަމަ ކަން ގާއިމްކުރުމަށް ލާޒިމްކުރާ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލް އަގުވާމީ މުވާހަދާތަކާއި، ޖެންޑަރ ބޭސްޑް ވަޔަލަންސްގެ އިތުރުން ގެވެށިއަނިޔާއާއި ގެވެށި އަނިޔާއަށް މަގުފަހިވާ ކަންތައްތަކާއި ގެވެށިއަނިޔާއާއި ގުޅިގެން އަމަލުކުރަން ޖެހޭ ގޮތްތަކާއި ގުޅޭ މައުލޫމާތު ދެވުނެވެ.

މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމީޔާތު ޝަރަފްކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ގދ. މަޑަވެލީ ކައުންސިލްގެ ނައިބް ރައީސާ އަލްފާޟިލާ ފަސީހާ ޝަފީގެވެ.  ފަސީހާގެ ވާހަކަ ފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާއި، ހުވަދޫ އެއިޑް އިން ކުރަމުންދާ މަސައްކަތަށް ފާހަގަކުރެއްވިއެވެ.

ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ސިވިކް އެޑިޔުކޭޝަން، ސައިކޯ ސޯޝަލް ސަޕޯޓް އަދި ވޮކޭޝަނަލް އެޑުކޭޝަން ޕްރޮގްރާމްގެ އަދި ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

ހުވަދޫ އެޑަކީ ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، އަދި ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔަތަކުން ޖަމްއިއްޔާއެއްކަން ފަހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.