މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހަކީ އެކްޓަރު ވިކީ ކޯޝާލްގެ ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސް ކަމަށް އޭނާ ބުނެފިއެވެ.
އެއީ ވިކީ އާއި ބޮލިވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ކައިވެނި ކުރި ދުވަހެވެ.
ކައިވެންޏަށް އެއް އަހަރު ވާން ދުވަސްކޮޅަކަށް ވެފައިވަނިކޮން އަނބިމީހާއަށް ތައުރީފްކޮށް ވިކީ ވަނީ ވާހަކަ ދައްކާފައެވެ. ވިކީ ބުނެފައިވަނީ ކެޓްރީނާ އަކީ ވަރަށް ޕޮޒިޓިވް މީހެއް ކަމަށެވެ.
ހުރިހާ ކަމެއްގައިވެސް އޭނާ ވިސްނަނީ ވަރަށް ޕޮޒިޓިވް ކޮށް ކަމަށާއި މިހާރު ފެންނަމުން އަންނަ ވިކީ އަކީ ކެޓްރީނާގެ މަސައްކަތް ކަމަށެވެ. ކުރީގެ ވިކީ އާއި މިހާރުގެ ވިކީ ތަފާތު ކަމަށް އޭނާ ވަނީ އެއްބަސް ވެފައެވެ. ވިކީ ބުނީ މިހާރުގެ ވިކީގެ ވާޝަން އަކީ ކުރީގެ ވިކީއަށް ވުރެ އެތައްތަނެއް ރަނގަޅު ހަރުދަނާ ވާޝަން އެއް ކަމަށެވެ.
" އަހަރެންނަށް ހިވާނީ އެމީހެއްގެ ހަޔާތުގެ ބައިވެރިއަކީ އެބުނާ 'ރައިޓް ޕާސަން' ކަމުގައިވަނީ ނަމަވަ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް. އަދި އަދި އެބަދަލުު ފެންނާނީ އެމީހެއްގެ އަމިއްލަ ޕާސަނަލް ދިރިއުޅުމުން. ކުރީގެ ވިކީގެ އަށް ވުރެ ބެސްޓް ވާޝަންއެއް މި ވިކީއަކީ."
– ވިކީ ކޯޝަލް
ވިކީ ބުނީ އޭނާ އަކީ ވަރަށް ލަކީ މީހެއް ކަމަށެވެ. ކެޓްރީނާ ކަހަލަ ބައިވެރިއެއް ލިބުމުން އޭނާގެ ހަޔާތް ވަރަށް އުފާވެރި ކަމަށާއި ޝަކުވާ ކުރާނެ އެއްވެސް ކަމެއް ދިރިއުޅުމުގައި ނެތް ކަމަށެވެ.
"މިއީ ދުނިޔޭގެ އެންމެ ރީތި އިހުސާސް. ލޯތްބަކީ ވަރަށްވެސް ރީތި އިހުސާސެއް. އެ އިހުސާސް ފުރިހަމަ ވުމުން ޝަކުވާ ކުރުމުގެ ފުރުސަތެއް ނޯވެ. ހަޔާތަށް ރަނގަޅު ބައިވެރިއެއް ލިބުމުން ވަރަށް ދިރިއުޅުމަށް ޕީސް، ހެޕިނެސް އޮޓެމެޓިކުން އަންނާނެ"
– ވިކީ ކޯޝަލް
ކެޓްރީނާގެ ސަބަބުން ދިރިއުޅުމުގައި ވަރަށް ޕޮޒިޓިބް ވައިބްއެއް ގުޅިފައިވާކަމަށާއި އެނާގެ ދިރިއުޅުން ފުރިހަމަ ވެއްޖެ ކަމުގެ އިހުސާސް ކުރެވެ ކަމަށް ވިކީ ވަނީ ބުނެފައެވެ. ވިކީ ވަނީ މީގެ ކުރިންވެސް ކެޓްރީނާއަށް ތައުރީފްކޮށް އެކި އިންޓަވިއު ތަކުގައި ވާހަކަ ދައްކާފައެވެ.