ކައިވެންޏަށް 18 އަހަރު ފަހުން މި ދެތަރިންނަށް ދަރިއަކު ލިބިއްޖެ

ކައިވެންޏަށް 18 އަހަރު ފަހުން މި ދެތަރިންނަށް ދަރިއަކު ލިބިއްޖެ

Author
ފާތިމަތު ނާވީ
07 ޑިސެމްބަރ 2022 06:17
0

ޓީވީ އިންޑަސްޓްރީގެ ދެ ތަރިން ކަމުގައިވާ އަޕޫރްވާ އަގްނިހޯތުރީ އާއި ޝިލްޕާ ސަކްލާނީގެ ކައިވެންޏަށް 18 އަހަރު ފަހުން ދަރިއަކު ލިބިއްޖެއެވެ.

އެމީހުންނަށަ ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

ދެތަރިންގެ އިންސްޓަގަރާމްގައި ކުޑަ ދަރިފުޅާއި އެކުގައި ހިއްސާ ކުރި ވީޑީއޯ ކްލިޕެއްގައި ބުނެފައިވަނީ އެމީހުން ގެ އަލަތު ދަރިފުޅުގެ ނަމަކީ އިޝާނީ ކާނޫ އަގްނިހޯތުރީ ކަމަށެވެ.

ރިއަލިޓީ ޝޯތަކުންވެސް ފެނިގެންގޮސްފައިވާ އަޕޫރްވާ، 50، އާއި ޝިލްޕާ، 40، ކައިވެނިކުރީ 2004 ގައިއެވެ. އެމީހުން ބައިވެރިވި ބައެއް ޝޯ ތަކުގައި ދަރިއަކު ބޭނުންވެފައި ތިބި ވާހަކަ ދައްކާ އެކަމާއި ހިތާމަ ފާޅު ކުރުމާއި އުމުރު ފަހަނަ އަޅާކަމުުގައި ވަނީ މީގެ ކުރިން ބުނެފައެވެ.

 

View this post on Instagram

 

A post shared by Apurva Agnihotri (@apurvaagnihotri02)

"ޖެސީ ޖެއިސީ ކޮއީ ނެހީ" އާއި "އާސްމާން ސޭ އާގޭ" އަދި "މޭރީ ދުރުގާ" ފަދަ ޑްރާމާތަކުން ފެނިގެން ގޮސްފައިވާ އަޕުރްވާ އެންމެ ފަހުން ފެނިގެން ދިއައި މިހާރު ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ "އަނުޕަމާ" އިން ޑރ. އަދުވައިތު ކަންނާގެ ރޯލުންނެވެ.

ވިލަން އެއްގެ ގޮތުގައި ޑްރާމާ ތަކުން ފެންނަ ޝިލްޕާގެ ޑްރާމާ ތަކުގެ ތެރޭގައި "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ކުސުމް" އާއި "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" ފަދަ ޑްރާމާތައް ފާހަގަ ކޮށްލެވެއެވެ. އެންމެ ފަހުން އޭނާ ފެނިގެންދިއައީ ކަލާޒްގެ "ވިޝް ޔާ އަމްރިތު: ސިތާރާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޕްރްވާ ފޭން
އެމީހުން އެޑޮޕްޓްކުރީ. ހަބަރުގެ މައުލޫމާތު ގޯސް.