ވަރަށް ބޮޑަށް ތައްޔާރުވެގެން ކާތިކް އާރިޔާން ކުޅުނު ފިލްމް "ފްރެޑީ" ކުޅުނު އިރުގައި ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރިކަމަށް މިފަހުން އޭނާ ބުނެފިއެވެ.
އަންނަ މަހުގެ ދެވަނަ ދުވަހުގައި ޑިސްނީ ޕަލަސް ހޮޓްސްޓާއިން ޕްރިމިއާ ކުރާ މި ފިލްމްގައި ކާތިކް ފެނިގެންދާނީ ދަތުގެ ޑޮކްޓަރެއްގެ ގޮތުގައިއެވެ. މި ފިލްމް ކުޅުމަށް ކާތިކް ވަނީ ބަރުދަންވެސް އިތުރު ކޮށްފައިއެވެ.
ޓްރެއިލާވެސް މިހާރު ދައްކައިލަިއފައިވާ މި ފިލްމް އަކީ ޝަޝާންކާ ގޯޝް ޑައިރެކްޓް ކޮށްފައިވާ ފިލްމްއެކެވެ. މި ފިލްމްގެ ލީޑުން ކާތިކް އާއި އެކުގައި ފެނިގެންދާނީ އަލަޔާ އެފްއެވެ.
ކާތިކަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރެވެ. މި އަހަރުގެ ރިލީޒް ކުރި އޭނާގެ ފިލްމު "ބޫލް ބުލައްޔާ2″ އަކީ ބޮކްސް އޮފީގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.
ފިލްމް ގެ ޑައިރެކްޓަރު ޝަޝާންކާ އެންމެ ފަހުން ޑައިރެކްޓް ކުރި "ވީރްދެ ވެޑިން" އަކީ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީވެސް އެކަތާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.
ކޮމެންޓު ފޮނުވާ