"ދަ ފެމިލީ މޭން" ގެ 3 ވަނަ ސީޒަނަށް ތައްޔާރުވަނީ

"ދަ ފެމިލީ މޭން" ގެ 3 ވަނަ ސީޒަނަށް ތައްޔާރުވަނީ

Author
ފާތިމަތު ނާވީ
30 ނޮވެމްބަރ 2022 08:31
0

މަނޯޖް ބަޖްޕާއީގެ ކާމިޔާބު ސީރީޒް "ދަ ފެމިލީ މޭން" ގެ 3 ވަނަ ސީޒަނަށް ތައްޔާރުވަމުން އަންނަ ކަމަށް މަނޯޖް ބުނެފިއެވެ.

ޖުމްލަ ދެ ސީޒަނެއް ގެނެސްދީފައިވާ މި ވެބް ސީރިޒް ގެ ޑަރެކްޓަރުންނަކީ ރާޖް ނިދިމޯރް އާއި ކްރިޝްނާ ޑީކޭ އެވެ. އެމެޒޯން ޕްރައިމް ވީޑިއޯގެ އޮރިޖިނަލް މި ޑްރާމާގެ 3 ވަނަ ސީޒަންގެ ޝޫޓީން ފެށޭނީ އަންނަ އަހަރު ކަމަށް ވެއެވެ. އެއީ ފިލްމްގެ ދެ ޑައިރެކްތަރުންވެސް މިވަގުތު ވަރަށް ބިޒީ ކަމަށާއި އަދި އޭނާވެސް ވަރަށް ބިޒީ ކަމަށް މަނޯޖް ބުނެއެވެ.

މި ކާމިޔާބު ޑްރާމާގެ ލީޑުން ފެނިގެން ދިއައީ މަނޯޖް އާއި ޝާރިބް ހާޝްމީ އަދި ޕްރިޔާމަނީއެވެ. ނަމަވެސް ދެވަނަ ސީޒަން އިން އިތުރު ގިނ ަތަރިންތަކެއް ފެނިގެން ދިއައެވެ. އޭގެތެރޭގައި ސައުތުގެ އެންމެ ކާމިޔާބު އެއްބަތަލާ ކަމުގައިވާ ސަމަންތާ ރޫތް ޕަރަބޫ ހިމެނެއެވެ.

މި ސީރީޒްގައި ދައްކުވައިދެނީ މެދު ފަންތީގެ އާއިލާއެއްގެ މީހަކު ސިއްރުން އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު ދިމާވާ ތަފާތު ހާދިސާތަކެވެ. ސްޕައި ތްރިލާއެއް ގޮތަށް ގެނެސްދޭ މި ސީރީޒަކީ ރާޖް އެންޑް ޑީކޭ ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

2019 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ދައްކަން ފެށި "ދަ ފެމިލީ މޭން" ގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑު ގެނެސްދީފައިވާއިރު ދެވަނަ ސީޒަންގައި ވަނީ 9 އެޕިސޯޑު ގެނެސްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.