ސާނިއާ އާއި ޝޮއެއް ވަކިވާކަށް ނޫޅޭ

ސާނިއާ އާއި ޝޮއެއް ވަކިވާކަށް ނޫޅޭ

Author
ފާތިމަތު ނާވީ
30 ނޮވެމްބަރ 2022 08:02
0

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުން ތެރިއާ ސާނިއާ މިޒްރާ އާއި އޭނާގެ ފިރިމީހާ ކުރިކެޓް ކުޅުންތެރިއާ ޝޮއެބް މާލިކްގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް ރިޕޯޓް ކުރިތާ މާގިނަ ދުވަހެއް ނުވެ އެމީހުން ވަކިވާން ނޫޅޭ ކަމަށް ފަހުގެ ރިޕޯޓްތަށް ބުނެފިއެވެ.

ސާނިއާ އާއި ޝޮއޭބް ގެ މެދުގައި ކުނި ޖެހިފައިވާ ކަމަށާއި އެކަން އެގޮތަށް ވާން މެދުވެރިވީ ޝޮއޭބް އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅުމުން ކަމަށް ވެސް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ. އަދި މިހާރު ދެމީހުން އުޅެމުން އަންނަނީވެސް ވަކިން ކަމަށްވެސް އޭރުގައި ވަނީ ހަބަރު ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

މި އަޑެއް އެންމެ ގަދަވީ ސާނިއާ ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. މިޕޯސްޓުގައި އޭނާ ބުނެފައިވަނީ ހިތް ހަލާކުވުމުން ދާނީ ކޮންތާކަށްތޯ؟ އެވެ. އަދި މިއާއިއެކުގައި ޝޮއެބް އާއި ޕާކިސްތާނުގެ އެކްޓްރެސް އެއް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގައި ވާހަކަތަކެއް ވެސް ފެންމަތިވިއެވެ.

 

View this post on Instagram

 

A post shared by Shoaib Malik (@realshoaibmalik)

ނަމަވެސް ފަހުގެ ރިޕޯޓްތަށް ބުނާގޮތުގައި މިހުރިހާ ވާހަކަ އަކީ ވެސް ސްޓަންޓެކެވެ. އެއީ އެ ދެމީހުން އެކުގައި ހޯސްޓް ކުރާ ޝޯވ އެއްގެ ޕްރޮމޯޝަން އަށް ކުރި ކަމެކެވެ.

މި ދެމީހުން އެކުގައި ޓޯކް ޝޯވ އެއް ގެނެސްދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. "މިރްޒާ މާލިކް" ގެ ނަން ދީފައިވާ މި ޝޯވ ދައްކާނީ ޕާކިސްތާނުގެ ޗެންލަ އެއް ކަމުގައިވާ 'އުރުދްފްލިކްސް' އިން ކަމަށް ހަބަރުތަށް ބުނެއެވެ. 'އުރުދްފްލިކްސް' އިން މީގެ ދެ ހަފްތާ ކުރިން ވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓުގަިއ މިކަން އިއުލާން ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by UrduFlix (@urduflixofficial)

ސާނިއާ އާއި ޝޮއޭބް ކައިވެނި ކުރީ 2010 ވަނަ އަހަރުގައިއެވެ. އަދި މި ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ. އެއީ މިހާރު 4 އަހަރުގެ އިޒާން މިރްޒާ މާލިކް އެވެ. މީ މެދެމީހުންގެ ވެސް ހުރި ހަމަ އެކަނި ދަރިފުޅެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.