ޤަޠަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް އިން، ޔޫރަޕު މީހުންގެ ނާތަހުޒީބު ކަމާއި،އަޚުލާޤީގޮތުން އެމީހުން ވެއްޓިިފައިވާ ދަށު ދަރަޖައާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި ހިންގަމުންދާ ބޮޑުވެގެންވާ ޖަރީމާއާއި އިސްލާމް ދީނާއި މުސްލިމުންނަށް އޮތް ޢަދާވަާތްތެރި ކަން އެނގި ކަށަވަރުވާކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޚްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިހެން ވިދާޅުވީ މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕާ ގުޅިގެން އެމުބާރާތުގައި ބައިވެރިވާ ހުޅަނގުގެ ބައެއް ޤައުމުތަކުގެ ޢަމަލުތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. މިމުބާރާތް ޤަޠަރުގައި ބާއްވަން ހަމަޖެހުމާހަމައިންވެސް ހުޅަނގުގެ ޤައުމުތަކުން އައީ ޤަތަރަށް އެކި ގޮތްގޮތުން ފާޑުކިޔައި އަޑުއުފުލަމުންނެވެ. ހުޅަނގުގެ ބައެއް ޤައުމުތަކާއި އެޤައުމުތަކުގެ ޤައުމީ ޓީމުތަކުން އެންމެބޮޑަށް ނުރުހުން ފާޅުކުރީ، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޮޓުކުރުމަށް ގަތަރުގައި އެއްވެސް ޙަރަކާތެއް ނުހިންގޭނެކަމަށް އެޤައުމުން ނިންމުމުންނެވެ. ކުޅޭއިރު ދަނޑުމަތީގައިވެސް އަދި ސަޕޯޓުކުރުމުގައިވެސް ދަނޑު ބޭރުގައިވެސް އެފަދަ ކަމެއް ނުކުރެވޭނެކަމަށާ، ދަނޑުތައް ހިމެނޭ ސަރަޙައްދުގައި ބަނގުރާވެސް ނުވިއްކޭނެކަމަށް ގަތަރުން ނިންމުމުން ހުޅަނގުގެ ބައެއް ޤައުމުތަކުން ވަރަށްބޮޑަށް ފާޑުކިޔެވެ.
ޤަޠަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް އިން، ޔޫރަޕު މީހުންގެ ނާތަހުޒީބު ކަމާއި،އަޚުލާޤީގޮތުން އެމީހުން ވެއްޓިިފައިވާ ދަށު ދަރަޖައާއި،އިންސާނީ ޙައްޤުތަކުގެ ނަމުގައި ހިންގަމުންދާ ބޮޑުވެގެންވާ ޖަރީމާއާއި،އިސްލާމް ދީނާއި މުސްލިމުންނަށް އޮތް ޢަދާވަާތްތެރި ކަން އެނގި ކަށަވަރުވެއެވެ.
— Ahmed Sameer (@Ahmadhsameer) November 24, 2022
ޤަޠަރުގެ ނިންމުންތަކާއި އުސޫލުތަކަށް ފީފާއިން ވަނީ ތާޢީދުކޮށްފައެވެ. އަދި އެއުސޫލުތަކާ ޚިލާފުވާނަމަ ފީފާއިންވެސް ފިޔަވަޅު އަޅާނެކަމަށް އެންގުމުންވެސް ހުޅަނގުންވަނީ ގަތަރުގެ ދީނާއި ސަޤާފަތަށް އެއްވެސް އިޙްތިރާމެއްނެތި އިހުތިޖާޖުވެސް ކޮށްފައެވެ. މިއާއެކު ދުނިޔޭގެ ޤައުމުތަކުގެ ޢާންމުރައްޔިތުންގެ ނުރުހުން ހުޅަނގުގެ ޢައުމުތަކަށް ވަނީ އަމާޒުވެފައެވެ. އަދި ހުޅަނގަކީ އެހެންމީހުންނަށް އިޙްތިރާމް ކުރުމާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރަމުން އެހެންމީހުންގެ މި ހައްޤަށް އަރައިގަންނަ ނާތަހުޒީބު ބައެއްކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ