ސޯނަމް ދަރިފުޅުގެ މޫނު ދައްކައިލައިފި

ސޯނަމް ދަރިފުޅުގެ މޫނު ދައްކައިލައިފި

Author
ފާތިމަތު ނާވީ
25 ނޮވެމްބަރ 2022 09:16
0

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އާއި ވިޔަފާރިވެރިއާ އާނަންދު އަހޫޖާގެ އަލަތު ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.

ވަޔޫ ކަޕޫރު އަހޫޖާގެ ނަންދީފައިވާ މި ކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް މިހާތަނަށް މީޑިއާ އަށް ތިލަވެފައިއެއް ނުވެއެވެ. ނަމަވެސް ސޯނަމް ވަނީ އެކުއްޖާގެ މޫނުގެ ކޮންމެވެސް ވަރެއް ފެންނަ ފޮޓޯޢެއް ހިއްސާކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ސޯނަމް އަށް ދަރިއަކު ލިބުނީ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގައިއެވެ. އެމީހުންގެ ވީޑިއޯގައި ފެންނަނީ ދެމަފިރިންނާ ދަރިފުޅު ކާރުގައި ބުރެއް ޖަހާލާ މަންޒަރެވެ. މީގެ އިތުރުން ވެސް ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު ވެސް ކާފަ ދަރިފުޅާއެކު ވަގުތު ހޭދަކުރާ މަންޒަރު ފެނިގެންދެއެވެ.

މިއީ އަނިލް ގެ ފުރަތަމަ ކާފަދަރިފުޅެވެ. އެހެންކަމުން މި ކުއްޖާ އަކީ އެއާއިލާގެ އެންމެވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. އަދި ވީހާވެސް ގިނަ ވަގުތު އެމީހުން ދަރިފުޅާއި އެކުގައި ހޭދަކުރަން ބޭނުން ވެއެވެ.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ސޯނަމް ކަޕޫރް އާއި އަނަންދް އަހޫޖާ ކައިވެނި ކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިން، 2018 ވަނަ އަހަރުގެ މޭ މަހު އެވެ. ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރުގައި ނެރުން "ދަ ޒޯޔާ ފެކްޓާ" ފިލްމް އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.