އަތިޔާ އާއި ރަހުލް ގެ ކައިވެނީގެ ހުރިހާ ތައްޔާރީ ތަކެއް ނިމިއްޖެ

އަތިޔާ އާއި ރަހުލް ގެ ކައިވެނީގެ ހުރިހާ ތައްޔާރީ ތަކެއް ނިމިއްޖެ

Author
ފާތިމަތު ނާވީ
26 ނޮވެމްބަރ 2022 10:20
0

ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝޭޓީގެ ކައިވެންޏަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ހުރީ ނިމިފައި ކަމަށާއި ކުރިއަށް އޮތް އަހަރުގެ ޖެނުއަރީގައި އެކައިވެނި ކުރެވިގެން ދާނެ ކަމަށް ޕިންކް ވިލާއިން ބުނެފިއެވެ.

އެންމެ ފަހުގެ ކަމެއްގެ ގޮތުގައި އެމީހުން ބާއްވާއިފައި އޮތް ހެދުމުގެ ކަންތަށް ވެސް މިހާރު އޮތީ ފައިނަލް ވެފައި ކަމަށާއި، އެ ދެމީޙުން ބޭނުން ވާ ކަހަލަ ހެދުންތަށްވެސް މިހާރު ވަނީ ފަރުމާކޮށް ނިމިފައިކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by KL Rahul👑 (@klrahul)

އަތިޔާ އާއި ކުރިކެޓް ކުޅުން ތެރިއެއް ކަމުގައިވާ ކޭއެލް ރާހޫލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިންއަހަރެއްހައި ދުވަސް ވެއްޖެ ކަމަށް ހަބަރުތަށް ބުނެއެވެ. އަދި ހަމަ އެހެންމެ އެމީހުން ތިބި ކައިވެންޏަށް ކެތްމަދުވެފައި ކަމަށާއި، ބޭނުން ވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރަން ކަމަށް ވެއެވެ.

ހަބަރުތަސް ބުނާ ގޮތުގައި އެކައިވެންޏަށް ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން މިހާރުން ސުރެ އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ކައިވެނި ކުރާނެ ތަނެއް ވެސް މިހާރު ހަަމަޖައްސައިފައި ވާކަަމަށް ވެއެވެ. އެގޮތުން އަތިޔާގެ ކައިވެނި އޮންނާނީ ކަންޑާލާ ގައި ހުންނާ ސުނިލް ގެ ބަނގަލޯގައި ކަމަށް މީޑިއާ ތަކުން އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

އަތިޔާ ވަނީ 2015 ވަނަ އަހަރު ފިލްމް "ހީރޯ" އިން ބޮލީވުޑް އަށް ތައާރަފް ވެފަައިއެވެ. މިހާތަނަށް 4 ފިލްމް ކުޅެފައިވާ ބަތަލާއަކީ ބޮލީވުޑްގައި މާ ކާމިޔާބު ހާސިލް ކުރެވުނު ތަރިއެއް ނޫނެވެ. އެންމެ ފަހުން އޭނާގެ ފިލްމް އެއް ރިލީޒް ކުރީ 2019 ވަނަ އަހަރު "މޯތީޗޫރް ޗަކްނާޗޫރް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.