މަޝްހޫރު ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރުގެ ހަޔާތުގައި ކިތަންމެ ކަންތަށްތަކެއް ދިމާވެފައި ހުރި ނަމަވެސް ދެމީހުން އެކުގައި ފިލްމް ކުޅުމުގެ ޝައުގު އަދިވެސް ފިލާ ނުދާކަމަށް މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ބުނެފިއެވެ.
މިފަހުން ދިން އިންޓަވިއު އެއް ގައި ތަމާޝާގެ ޑައިރެކްޓަރު ބުނީ "ތަމާޝާ"ގެ ކުރިން ވެސް ދީޕިކާ އާއި ރަންބީރު އެކުގައި ފިލްމު ކުޅެން ވަރަށް ބޮޑަށް ބޭނުންކަން އޭނާއަށް އެނގެ އެވެ. އަދި އެމީހުންގެ ލޯބީގެ ހަޔާތުގައި ކޮންމެ ކޮންމެ ގޮތެއް ދިމާވިޔަސް އެކުގައި ފިލްމު ކުޅުމުގެ ޝައުގުވެރިކަން އެމީހުންގެ އަދިވެސް އެބަހުރި ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ރަންބީރާއި ދީޕިކާ ލޯބީގެ ގޮތުން ގުޅުނީ 2008 ވަނަ އަހަރު ދެތަރިން އެކުގައި ކުޅުނު ފިލްމް "ބަޗްނާ އޭ ހަސީނޯ" ގެ ޝޫޓިންގ ގެ ތެރެއިންނެވެ. މި ގުޅުމަކީ ވަރަށް ފާޅުކަން ބޮޑޫކޮށް މީޑީއައާއަށް ވަރަށް ހާމަކަން ބޮޑުކޮން ކުރިއަށް ދިއަ ގުޅުމެކެވެ. އެދެމެދުގައި ވާ ގުޅުން ސިއްރު ކުރުމަށް ދީޕިކާވެސް އަދި ރަންބީރުވެސް މަސައްކަތް ކޮށްފައިއެއް ނުވެއެވެ.
އަދި ބަދަލުގައި އެމީހުން އެކަކު އަނެއްކަކު ދެކެ ކިހާލޯބިވާކަން މީީޑިއާގައި ދިއައީ ފާޅު ކުރަމުންނެވެ. އެ ދެމީހުންވެސް ތިބީ އެކަކު އަނެއްކެއްގެ ލޯބީގައި އެހާވެސް ބަނދެވިފައިއެވެ.
ނަމަވެސް "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ"ގެ މަސައްކަތް ރަންބީރު ފެށުމާއެކު ދީޕިކާ ދެކެ ވީ ލޯބި ހަވަޔަށް ފަޒާއަށް ގޮސް ގެއްލުނީއެވެ. އަދި ކެޓުރީނާ ކައިފްގެ ޖާދޫއިން ރަންބީރަށް ސަލާމަތް ވެވޭގޮތެއް ނުވިއެވެ. ވަރަށް ސިއްރުން އެމީހުން އުޅެނިކޮން ގުޅުން ފަޅާއަރައި ދީޕިކާ އާއި ރަންބީރުގެ ލޯބި ވަޅުލާން ޖެހުނީއެވެ.
ރަންބީރުގެ ބޭވަފާތެރިކަމުގެ ވާހަކަތައް ދީޕިކާ ވަނީ ފާޅުގައި ނޫސްވެރިންނަށް ކިޔައިދީފަ އެވެ. އަދި ބޭވަފާ ތެރިއެއްކަމަށް ހުދު ރަންބީރުވެސް ވަނީ އެއްބަސް ވެފައިއެވެ. އަނެއްކޮޅުން ދީޕިކާ އާއި ކެޓްރީނާ އަކީވެސް ގާތް ދެ އެކުވެރިންނެވެ.
ނަމަވެސް މިހާރު ދިރިއުޅުމާއިގެން ކުރިއަށް ގޮސް ރަންބީރު ވަނީ ކެޓްރީނާގެ ބެސްޓް ފްރެންޑް އާލިއާ ބަޓް އާއި ކައިވެނި ކޮށްފައިއެވެ. މިފަހުން އެމީހުންނަށް ވަނީ އަންހެން ދަރިއަކު ވެސް ލިބިފައިއެވެ. ހަމައެފަދައިން ދީޕިކާވެސް ވަނީ އެކްޓަރު ރަންވީރު ސިންގް އާއި ކައިވެނި ކޮށް މޫވްއޮން ކޮށްފައިއެވެ. އަދި ކެޓްރީނާވެސް ވަނީ އޭނާގެ ޒަވާޖީ ހަޔާތު ބައިވެރިއާ އިހުތިޔާރު ކޮށްފައިއެވެ. އެގޮތުން ކެތްރީނާ ވަނީ މިދިއަ އަހަރު އެކްޓަރު ވިކީ ކޯޝާލް އާއި ކައިވެނި ކޮށްފައިއެވެ.