ރާއްޖޭގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

Author
ޢަލީ އާދަމް
21 ނޮވެމްބަރ 2022 08:53
0

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކޯސްޓުގާޑުން ބުނީ ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ. އަދި، އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" މި ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެގެ 17:25 ހާއިރު ވަނީ ގެނެސްފައިކަމަށެވެ.

މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޯސްޓުގާޑުން ވަނީ "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.