ބިލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ ސާރާ އަލީ ހާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަރަމުން އަންނަ ހުނަރުވެރި ކްރިކެޓް ކުޅުންތެރިއާ ޝުބަމް ގިލް ބުނެފިއެވެ.
މިވާހަކަތަށް ދެކެވެން ފެށީ ސާރާ އާއި ޝުބަމް، ރެސްޓޯރަންޓެއްގައި ކާން ތިބި ފޮޓޯތަކެއް އާންމުވެ އެމީހުން އެކުގައި ވަގުތު ހޭދަކުރަނިކޮށް ފެނިގެންނެވެ. ނަމަވެސް މި ދެމީހުން ކުރެ އެކަކުވެސް މިހާތަނަށް މިވާހަކައަށް ކޮމެންޓް ކޮށްފައިއެއް ނުވެއެވެ.
Shubman gill date sara ali khan ko kar eha tha aur hum kisi aur hi sara ko lapet rhe the🥲#Shubmangill #CricketTwitter pic.twitter.com/oEAAXqXgOz
— Arun (@ArunTuThikHoGya) August 29, 2022
ސާރާ އާއި ޝުބަމްގެ ލޯބީގެ ވާހަކަތައް ހޫނުކަމާއެކު ދެކެވޭތާ ދުވަސްކޮޅެއް ފަހުން ޝުބަމް ވަނީ އޭނާ އާ ސާރާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
ޕަންޖާބު ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން 23 އަހަރުގެ ޝުބަމް ބުނި ގޮތުގައި ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ފިޓް ބަތަލާ އަކީ ސާރާ ކަމަށެވެ.
އަދި އޭނާ އާއި ސާރާގެ މެދުގައި ލޯބީގެ ގުޅުމެއް އޮވޭތޯ ޝޯގެ ހޯސްޓް ކުރި ސުވާލުގެ ޖަވާބުގައި ޝުބަމް ބުނެފައިވަނީ ފަހަރެއްގައި އެއީ ތެދަކަށް ވެދާނެ ކަމަށެވެ. އެހެން ކަމުން އެމީހުން އުޅެނީ ރައްޓެހިވެގެން ކަމަކަށް ބެލެވޭކަމަށް ވެއެވެ.
އަނެއްކޮޅުން އެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުއަރާފައިވާއިރު ޝުބަމް އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ތެންދުލްކާރުގެ އަންހެން ދަރިފުޅު ސާރާ ރުޅިވި ކަމަށް އަޑުއެރިތާ އަދި މާގިނަ ދުވަހެއް ނުވެ އެެވެ.
ބޮލީވުޑަށް ނިކުތް ފަހުން ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އާއި ސުޝާންތު ސިންގް ރާޖުޕުތު ރައްޓެހިވެގެން އުޅުނު ކަމަށް ވެސް އަޑު އެރި އެވެ. އެމީހުން ރުޅިވީ އާއިލާ އެ ގުޅުމަށް ނުރުހޭތީ ކަމަށްވެ އެވެ.
މިފަހުން ކޮފީ ވިތު ކަރަންގައި ކަރަން ޖޯހަރު ވަނީ ސާރާ އާއި ޒުވާން ތަރި ކާތިކް އާރިޔަން ރައްޓެހިވި ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު އެމީހުން މިހާރު ރުޅިވެފައިވާއިރު ސާރާ އެ ޝޯގައި މިފަހުން ބުނީ ތެލޫގޫ ތަރި، ވިޖޭ ދެވަރަކޮންޑާ އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ.
އެހެންވެ ސާރާ އާއި ޝުބަމް އަށް އެކުގައި ހޭދަކުރެވީ ކިހާ ދުވަހެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައިއެވެ. ސަބަބީ ސާރާއަކީ އެކަކަށްވުރެ ގިނަ މީހުންނަށ ްހިތް ކިޔާމިހަކަށް ވުމެވެ.
ކޮމެންޓު ފޮނުވާ