ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރައިފި

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރައިފި

Author
ހުސެއިން
16 ނޮވެމްބަރ 2022 08:35
0

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރައިިފިއެވެ.

މިހަފްތާގެ އަންގާރަދުވަހު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާފައިވާއިރު، ދުނިޔޭގެ އާބާދީއަށް އެއް ބިލިއަން މީހުން އިތުރުވެފައިވާ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައެވެ. ފާއިތވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް އެއް ބިލިއަން މީހުން އިތުރުވެގެން ދިއުމުން ދޭހަކޮށްދެނީ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ބާރު މިނެވެ.

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާފައިވާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުރިޔަށް އޮތް އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑާ ވެގެންދާނެއެވެ. މިހާރު ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމަކީ ޗައިނާއެވެ.

ދުނިޔޭގެ އާބާދީ 8 ބިލިއަންގެ ލަނޑުދަނޑި ހުރަސް ކޮށްފިއިވާއިރު، މި ބޮޑު އާބާދީގެ ގޮންޖެހުން ދުނިޔޭގެ ފަގީރު ގައުމުތަކާ އެއްވަރަށް މުއްސަދި ގައުމުތަކަށްވެސް އާބާދީގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ދުނިޔޭގެ އާބާދީ 1 ބިލިއަނަށް އެރުމަށް އެތައް ހާސް އަހަަރެއް ނަގާފައިވާއިރު، އެ އާބާދީ 7 ބިލިއަނުން 8 ބިލިއަނާއި ހަމައަށް ދަތުރު ކޮށްފައިވަނީ 2010ވަނަ އަހަރުގެ ފަހުގެ އަހަރުތަކުން ފެށިގެންނެވެ. ކުރުމުއްދަތެއްގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް އައި މި ބޮޑު ކުރިއެރިން ރަމްޒު ކޮށްދެނީ ސިއްޙީ ދާއިރާގައި ފަހުގެ ޒަމާންތަކުގައި ދުނިޔެ ހޯދާފައިވާ ކުރިއެރުން ކަމުގައި ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.

ޑިޕާޓްމަންޓް އޮފް ސޯޝަލް އެފެއާޒްގެ ޔޫއެން ޕޮޕިއުލޭޝަން ޑިވިޝަންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުރިޔަށް 60 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އާބާދީ 10 ބިލިއަނަށް އަރާނެއެވެ.

ފަހަކަށް އައިސް އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދާ ފަށާފައިވި ނަމަވެސް، ޔޫއެން އިން އިންޒާރު ކޮށްފައިވާ ގޮތުގައި ދުނިޔޭގެ އާބާދީއަށް ބޭނުންވާ ކާނާ ހޯދުމާއި، ބޯހިޔާވަހިކަމާއި، މާހައުލު ނުސާފުވުމުގެ ގޮންޖެހުމާއި ދުނިޔެ ކުރިމަތިލާން ޖެހޭނެއެވެ.

ހަމަ އެއާއެކު މިހާރު މީހުން ދުނިޔޭގައި ތިބޭ އެވްރެޖް އުމުރު 73 އަށް އަރާފައިވާއިރު، 2050 އާއި ހަމައަށް ދާއިރު މި އުމުރު 77 އަރަށް އަރާނެ ކަމަށްވެސް ޔޫއެންއިން ވަނީ އަންދާޒާ ކޮށްފައެވެ.

ޔޫއެންގެ ޕޮޕިއުލޭޝަން ރިޕޯޓުގައި ވާގޮތުން ދުނިޔޭގެ މިހާރުގެ އާބާދީގައި އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު ކުޑަ ތަންކޮޅެއް ކުރީގައި އުޅުނު ނަމަވެސް، 2050 ވަނަ އަހަރާއި ހަަމައަށް ދާއިރު ދެ ޖިންސުގެ އާބާދީ ހަމަހަމަ ވެގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.