ބަނގުރޫޓްވެފައިވާ އިންޑިއާގެ މަޝްހޫރު ވިޔަފާވެރިޔާ ވިޖޭ މާލިއާގެ ހަޔާތުގެ މައްޗަށް ބިނާކޮއް ހަދާ ބައޯޕިކް ގެ ރޯލަކަށް ކުރީގެ މަޝްހޫރު ފިލްްމްސްޓަރު ސުނިލް ޝެޓީ ސޮއިކޮށްފައިވާކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މާލިޔާގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅޭނީ ބޮލީވުޑް ޑައިރެކްޓަރު އަނޫރާގް ކަޝަޕް ކަމަށް ރިޕޯޓްތަށް ބުނެއެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ވިޖޭ މާލިއާގެ ރޯލު އަނޫރާގް ކޭޝަޕް ކުޅޭ ފިލްމުގައި ސުނިލް ކުޅޭނީ މަލްޓި-ނެޝަންލް އޮޑިޓް ފާމެއްގެ ޗާޓާޑް އެކައުންޓަންޓެއްގެ ރޯލެވެ.
ފިލްމުގެ ޝޫޓިން މި މަހުގެ 20 ގައި ފަށަން ތާވަލުކޮށްފައިވާ ކަމަށްވެއެވެ. "ފައިލް ނަމްބާ 323″ ގެ ނަން ދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މަގުބޫލު ތަމަޅަ ފިލްމުތައް ކަމަށްވާ "އަޕަރްޗިޓް" އާއި "ޝިވާޖީ" ގެ އިތުރުން "2.0″ ގައި އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކާތިކް ކޭ އެވެ. މިއީ އޭނަގެ ފުރަތަމަ ޑައިރެކްޝަނެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މާލިއާ އަށް ބިނާކޮށް ހަދާ "ފައިލް ނަމްބާ 323″ ބޮޑު، ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާނެ އެއްޗެކެވެ. މުމްބާއީގައި މި މަހުގެ 20 ގައި ފިލްމުގެ ޝޫޓިން ފެށުމަށް ފަހު މީގެ މަންޒަރުތަކެއް ޔޫރަޕްގައި ވެސް ނަގާނެ އެވެ.
ވިޔަފާރިވެރިޔާ ވިޖޭ މާލިޔާ 66، އަކީ ކުރިން ރާއްޖެ އަށް ވެސް ދަތުރުތަކެއް ބޭއްވި ކިންގްފިޝް އެއާލައިންގެ ވެރިޔާއެވެ. އޭނާ ބަނގުރޫޓްވެގެން އެ އެއާލައިންވެސް ހުއްޓާލާފައިވާއިރު، މާލިޔާ އަކީ އިންޑިއާގެ އެތައް ބޭންކަކަށް ދަރާފައިވާ މީހެކެވެ. އަދި އޭނަގެ މުދަލާއި އެކައުންޓްތައް ވެސް މިކަމާ ގުޅިގެން ވަނީ ހިފަހައްޓާފައެވެ. ޓެކުހަށް މަކަރުން ހެދުން ފަދަ އެތައް މައްސަލައެއް މާލިއާގެ މައްޗަށް އުފުލާފައިވާއިރު، އޭނާ އުޅެނީ އިންޑިއާ ސަރުކާރަށް ފިލައިގެންނެވެ.
އޭނަ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަން ވެސް ދެ ދައުރަކަށް ކޮށްފައިވާ މީހެކެވެ. އެއީ 2002-2009 އަށް އަދި 2010-2016 އަށެވެ.
ކޮމެންޓު ފޮނުވާ