ސުޕްރީމް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ދިވެހިރާއްޖޭޣެ ހައިކޯޓު ހިންގަމުން އަންނަ ތީމުގޭގެ ޚަރަދުތައް ބޮޑުކަން ހާމަވެއްޖެއެވެ.
އަންނަ އަހަރަލަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަލާފައިވާ ބަޖެޓުގެ ދިރާސާ މަރުހަލާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ހިއްސާކުރި ވާހަކަތަކުން އެނގެނީ ތީމުގޭގެ ޚަރަދު އެންމެ ބޮޑީ ކަރަންޓު ބިލުތަކަށާއި، މެއިންޓަނަސްއަށްކަމަށެވެ.
ތީމު ގެއަކީ ކުރީގެ ރައީށް މައުމޫންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ބިނާކުރި ޢިމާރާތެކެވެ. ސަލަމަތީ ޚާއްޞަ ފިޔަވަޅުތަކާއެކު ޢިމާރާތްކުރި އެ ޢިމާރާ، ރައީސް މައުމޫންގެ ވެރިކަން ބަދަލުވުމުން 2008 ގައި ވަނީ އެތަނަކީ ސުޕްރީމް ކޯޓު ހިންގާ ޢިމާރާތަށް ބަދަލުކޮށްފައެވެ.
ކޮމިޓީގައި ވާހަކަދައްކަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޢަލީ ވިދާޅުވީ، ތީމުގެ ރަނގަޅަށް ބަލަހައްޓަން އަހަރަކު 2 މިލިއަން ރުފިޔާ ޚަރަދުވާކަމަށެވެ. އަދި ކަރަންޓުބިލަށް އެކަނިވެސް މަހަކު ތިން ލައްކައާއި ހަތަރު ލައްކަ ރުފިޔާ ވަރު އަރާކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޑީޖޭއޭއަށް ކަނޑައަޅާފައިވަނީ 579 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ޑިޕާޓްމަންޓުން ވަނީ އެ ބަޖެޓު ކުޑަކަން ފާހަގަކޮށްފައެވެ.އެގޮތުން އިތުރަށް 220.9 މިލިއަން ރުފިޔާ ބޭނުންވާކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ކޮމެންޓު ފޮނުވާ