ތުރުކީގައި ބޮން ގޮއްވާލި މީހާ ހައްޔަރު ކޮށްފި

ތުރުކީގައި ބޮން ގޮއްވާލި މީހާ ހައްޔަރު ކޮށްފި

Author
ހުސެއިން
14 ނޮވެމްބަރ 2022 07:55
0

ތުރުކީގެ އިސްތަމްބޫލުގައި ބޮން ގޮއްވާލި މީހާ ހޯމަދުވަހު ހައްޔަރު ކޮށްފިއެވެ. ތުރުކީގެ އިސްތަންބޫލްގެ، މީހުން ބާޒާރަށް ނިކުމެއުޅޭ، ބައިބޯ ސަރަހައްދެއްގައި ބޮން ގޮއްވާލި މިހާދިސާގައި 6 މީހަކު މަރުވެފައި ވެއެވެ.

ތުރުކީގެ ފުލުހުން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި މި މީހާއަކީ ކުރުދިސްތާން ހަގުރާމަވެރިން މަސައްކަތް ކޮށްދޭ މީހެކެވެ. ފުލުހުންނާއި ހަވާލާދީ އެންޓީވީ ޓެލެވިޒަންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިމީހާއަކީ ސީރިއާގެ ރައްޔިތެކެވެ. އަދި އެނާ ތަބާވެފައިވަނީ ކުރުދިސްތާން ވޯކާރސް ޕާޓީ (PKK)ގެ އޯޑަރަށްކަމަށް ފުލުހުންގެ ތަހުގީގުގައި އޭނާ އެއްބަސްވެފައިވާކަމަށްވެސް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.

ޕީކޭކޭއަކީ ތުރުކީންނާއި އަދި ހުޅަގުގެ ގައުމުތަކުންވެސް ޓެރަރިސްޓު ޖަމާއަތެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެކެވެ.

ބޮމުގެ މިހަމަލާއަށްފަހު ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ވިދާޅުވެފައިވަނީ މިހަލާ ދީފައިވާ ޚާއިނުން އިންސާފުގެ ކުރިމައްޗށް ހާޒިރު ކުރެވޭނެ ކަމުގައެވެ.

މީހުން ބާޒާރު ކުރުމަށް ގިނައަދަދަކަށް އެއްވާ މި ސަރަހައްދަކީ 2016ވަނަ އަހަރުވެސް ޖާނުންފިދާވުމުގެ ހަމަލާ ދީފައިވާ ސަރަހައްދެކެވެ.

މަންޒަރު ދުށް ބައެއް ފަރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާ ދިންވަގުތު ކަޅުބޯ ދުންގަޑެއް އަރާފައިވާއިރު، މިސަހައްދަދުގައި ތިބި މީހުންވަނީ ހާސްކަމާއެކު އެކި ދިމަދިމާލަށް ދުއްވައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.