އެއާޕޯޓުން ޝާހުރުކް ހާން ހިފަހައްޓައިފި

އެއާޕޯޓުން ޝާހުރުކް ހާން ހިފަހައްޓައިފި

Author
ފާތިމަތު ނާވީ
14 ނޮވެމްބަރ 2022 06:20
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހްރުކް ޕްރައިވެޓް ޖެޓެއްގައި ދުބާއީ އިން  މުމްބާއީ އަށް ދިއުމާ އެކީ މުމްބާއީ އެއާޕޯޓުން އޭނާ ހިފަހެއްޓި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ޝާހްރުކް ހިފަހެއްޓީ އޭނަގެ ލަގެޖުން ވަރަށް އަަގުބޮޑު ގަޑިތަކެއް ފެނިގެން ކަމަށެވެ. އެއާޕޯޓްގެ ކަސްޓަމްސް އިން ޝާހު ހިފެއްޓުމަށްފަހު ވަނީ ޖޫރި މަނާ ކޮށްފައިއެވެ. އަދި މި ސަކަރާތް ގަނޑުގައި ޝާހު ވަނީ ގަޑިއިރަކަށްވުރެ ގިނަ އިރު އެއާޕޯޓްގައި މަޑުކޮށްފައިއެވެ.

ޝާހު ޖޫރިމަނާ ކުރީ 6 ކަރޯޑު ރުޕީޒް ނުވަތަ 745،300 (ހަތްލައްކަ ސާޅީސް ފަސްހާސް ތިންސަތެކޭ) އެމެރިކާ ޑޮލަރުންނެވެ. ޝާހު އެތެރެކުރަން އުޅުނު ގަޑިތަކުގެ އަގު 18 ކަރޯޑު ރުޕީޒް ނުވަތަ 2.24 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ޝާހްރުކް މުމްބާއީ އަށް އެނބުރި ދިޔައީ ޝާރްޖާ އިންޓަނޭޝަނަލް ބުކްފެއާ (އެސްއައިބީއެފް) 2022ގެ 41 ވަނަ އެޑިޝަންގައި ބައިވެރިވުމަށެވެ. އެ ފެއާގައި އޭނަ އަށް ގްލޯބަލް އައިކަން އޮފް ސިނެމާގެ އެވޯޑް ދީފައިވެ އެވެ. ޝާހުގެ ޕާފޯމަންސް ތަކެއް ވެސް އެ ފެއާގައި ކުރިއަށްދިޔައެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.