ސާނިއާ މިރްޒާ ކައިވެނި ނިމުމަކަށް

ސާނިއާ މިރްޒާ ކައިވެނި ނިމުމަކަށް

Author
ފާތިމަތު ނާވީ
15 ނޮވެމްބަރ 2022 07:20
0

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުން ތެރިއާ ސާނިއާ މިރްޒާ އާއި ޕާކިސްތާންގެ ކްރިކެޓް ތަރި ޝޮއޭބް މަލިކުގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ސާނިއާ އާއި ޝޮއޭބް ގެ މެދުގައި ކުނި ޖެހިފައިވާ ކަމަށާއި އެކަން އެގޮތަށް ވާން މެދުވެރިވީ ޝޮއޭބް އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅުމުން ކަމަށް ވެސް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ. އަދި މިހާރު ދެމީހުން އުޅެމުން އަންނަނީވެސް ވަކިން ކަމަށް ވަނީ ހަބަރު ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

ސާނިއާ އާއި ޝޮއޭބް ކައިވެނި ކުރީ 2010 ވަނަ އަހަރުގައިއެވެ. އަދި މި ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ. އެއީ މިހާރު 4 އަހަރުގެ އިޒާން މިރްޒާ މާލިކް އެވެ. މީ މެދެމީހުންގެ ވެސް ހުރި ހަމަ އެކަނި ދަރިފުޅެވެ.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

ސާނިއާ މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީގައިއެވެ. ޓެނިސްގެ އިތުރުން ސާނިއާ އަކީ ބައެއް އިޝްތިހާރު ތަކުން ވެސް ފެންނަ މީހެކެވެ. އަދި އޭނާ އަކީ ބޮޮލީވުޑްގެ ގިނަ ތަރިންނާއި ވަރަށް ގާތް ގުޅުންވެސް އޮންނަ ކުޅުން ތެރިއެކެވެ.

ޝޮއޭބްގެ ބޭވަފާތެރިކަން ފަޅާއެރުން ސާނިއާ ވަނި އޭނާގެ އުދާސްތަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ. އެގޮތުން އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  ހިތް ހަލާކުވުމުން ދާނީ ކޮންތާކަށްތޯ؟ އެވެ.

 

View this post on Instagram

 

A post shared by Shoaib Malik (@realshoaibmalik)

މީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކަށް އަދި ސާނިއާވެސް ޝޮއޭބް ވެސް އަދި ދެފަރާތުގެ އާއިލާއިންވެސް ރަސްމީކޮން ބަހެއް ބުނެފައިއެއް ނުވެއެވެ. ސާނިއާ އަކީ ކުޅިވަރުގައި ވަރަށް އުހަށް ދަރުތު ކޮށްފައިވާ ކުޅުން ތެރިއެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޮންނި
މަވެސް މިހިރީނު!