ތުރުކީގެ ވެރިރަށް އިސްތަމްބޫލްގައި ބާރުގަދަ ބޮމެއް ގޮއްވާލާ 6 މީހަކު މަރުވެއްޖެއެވެ. ތުރުކީގެ އޮތޯރިޓީތަކުން ހާމަ ކޮށްފައިވާ ގޮތުގައި މި ބޮމުގެ ހަމަލާގައި 53 މީހަކަށް ވަނީ އަނިޔާވެފައެވެ.
އިސްތަމްބޫލްގެ ގަވަރުނަރު އަލީ ޔާލިކަޔާ ވިދާޅުވެފައިވަނީ މި ބޮން ގޮއްވާލާފައިވަނީ ތުރުކީގެ ގަޑިން 16:20 ގައި، މީހުން ބައިބޯ ޝޮޕިން ސްޓްރީޓެއް ކަމުގައިވާ ޓަަކްސިމް މައިދާން ސަރަހައްދުގައިކަމުގައެވެ.
ސޯޝަލް މީޑިއާ ވީޑިއޯތަކުންވެސް މިހާރު ފެންނާންހުރި މި ބޮމުގެ ހަމަލާ ދީފައިވާ ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ވިދާޅުވެފައިވަނީ މިހަލާ ދީފައިވާ ޚާއިނުން އިންސާފުގެ ކުރިމައްޗށް ހާޒިރު ކުރެވޭނެ ކަމުގައެވެ.
މީހުން ބާޒާރު ކުރުމަށް ގިނައަދަދަކަށް އެއްވާ މި ސަރަހައްދަކީ 2016ވަނަ އަހަރުވެސް ޖާނުންފިދާވުމުގެ ހަމަލާ ދީފައިވާ ސަރަހައްދެކެވެ.
މަންޒަރު ދުށް ބައެއް ފަރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާ ދިންވަގުތު ކަޅުބޯ ދުންގަޑެއް އަރާފައިވާއިރު، މިސަހައްދަދުގައި ތިބި މީހުންވަނީ ހާސްކަމާއެކު އެކި ދިމަދިމާލަށް ދުއްވައިގެންފައެވެ.
މިހަމަލާގެ ޒިންމާ މިހާތަނަށް އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ