ބިޕާޝާ ވިހައިފި، ދަރިފުޅުގެ ނަމަކީ ދޭވީ!

ބިޕާޝާ ވިހައިފި، ދަރިފުޅުގެ ނަމަކީ ދޭވީ!

Author
ފާތިމަތު ނާވީ
13 ނޮވެމްބަރ 2022 04:12
0

އޯގަސްޓް މަހުގައި ބަލިވެ އިންކަން އިއުލާން ކުރި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫއަށް އަންހެން ކުއްޖަކު ލިބިއްޖެއެެވެ.

ބިޕާޝާ އަށް ދަރިއަކު ލިބުނީ އިއްޔެއެވެ.

އިންސްޓަގްރާމްގައި ބިޕާޝާ ވަނީ ދަރިފުޅުގެ ފައި ފެންނަ ފޮޓޯއެއް ޕޯސްޓްކޮށް އެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވާކަން އިއުލާން ކޮށްފައެވެ. އަދި އެނާގެ ދަރިފުޅުގެ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވަރު ކަމަށް ވެސް މި ޕޯސްޓްގައި އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ކައިވެނިކުރި ފަހުން ބޮލީވުން ގެއްލިފައިވާ 43 އަހަރުގެ ބަތަލާގެ ފިރިމީހާ އަކީ އެކްޓަރު ކަރަން ސިންގް ގްރޯވަރެވެ. އެ ދެ މީހުން ކައިވެނިކުރީ 2016 ގައެވެ. ކަރަން އާއި ބިޕާޝާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2015 ވަނަ އަހަރު ދެމީހުން އެކުގައި ކުޅުނު ފިލްމް "އެލޯން"ގެ ސެޓުންނެވެ.

މިއީ މި ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ. ބިޕާޝާ ކަރަން އާއި ކައިވެނި ކުރީ އަލަށް ނަމަވެސް މިއީ ކަރަންގެ 3 ވަނަ ކައިވެންޏެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ބިޕާޝާ އަދި ކަރަންއަށްވެސް ބޮލީވުޑުން މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ކަރަން އެންމެ ބޮޑަށް މަގުބޫލު ކަން ހޯދީ ސިލްސިލާ ޑްރާމާ ތަކުންނެވެ. ދާދިފަހުން ވެސް ކަރަން ވަނީ ޑްރާމާ އަކުން ފެނިގެން ގޮސްފައެވެ. އެއީ "ކަސޯޓީ ޒިންދަގީ ކޭ 2″ އިންނެވެ. ކަރަން މިހާރު އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ " 3 ދޭވް" އެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރުގެ ފިލްމް "ހޭޓް ސްޓޯރީ" އިންނެވެ. އަނެއްކޮޅުން މިހާރު އެއްވެސް ވަރަކަށް ބޮލީވުޑުން ނުފެންނަ ބަތަލާ ބިޕާޝާ އެންމެ ފަހުން ފެނިގެން ދިއައީ އެދެމީހުން އެކުގައި ކުޅުނު ފިލްމް "އެލޯން" އިނެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.