ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް އަނެއްކާވެސް ރާއްޖެއަށް

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް އަނެއްކާވެސް ރާއްޖެއަށް

Author
ޢަލީ އާދަމް
12 ނޮވެމްބަރ 2022 09:10
0

ފަތުވެރިކަމުގެ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ. މިއީ ރާއްޖެއަށް ޖެހިޖެހިގެން މި އެވޯޑް ލިބުނު 3 ވަނަ ފަހަރެވެ.

އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓްގައި ވަނީ ރާއްޖެއަށް މި ޝަރަފްވެރި އެވޯޑް ލިބުނުކަން ރަސްމީކޮށް ޢިއުލާންކޮށްފައެވެ.

https://twitter.com/Mausoom_Maus/status/1591174438070149121?s=20&t=IL_O5SWcV8ELOPtSVte_QA

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑްގެ އިތުރުން މި އަހަރުގެ ޑަބްލިއުޓީއޭގެ ޝަރަފްވެރި އެހެން ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ވޭތުވެދިޔަ 3 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ މި ޝަރަފްވެރި އެވޯޑުގެ އިތުރުން ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައެވެ. މިއީ ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަނެ ކާމިޔާބާހަމައަށް ދިއުމަށްޓަކައި މި ސިނާޢަތުގެ އިސް ބޭފުޅުންނާއި ސަރުކާރުން ގުޅިގެން ކުރި ބުިރަ މަސައްކަތްތަކުގެ ނަތީޖާކަަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.