ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން ފިލްމީތަރި ޝިފާގެ މައްސަލަ ފައިލްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ނިންމައި، ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން، މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ޕީޖީން ނިންމުމުން އެ މައްސަލަ ފައިލްކޮށްފައިވާކަމަށެވެ.
މިދިޔަ ޖުލައި މަހު ފުލުހުން ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޝިފާގެ ޕާސްޕޯޓު ވެސް ހިފައްޓާފައެވެ. ޝިފާ ކަމަށް ބެލެވޭ މީހަކާއި އިތުރު އަންހެނަކު، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިގައި ވަނީ އާންމުކޮށްފައެވެ.
އެ ވީޑިއޯ އާއްމު ވުމާއެކު ފުލުހުން ވަނީ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް ބަލަމުން އަންނަ ކަމަށް ބުނި މައްސަލައިގެ އިތުރު ތަފުސީލެއް މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރައްވައެވެ.
ޝިފާ އާއި އިތުރު ދިވެހި އަންހެނެއްގެ ވީޑިއޯ އާއްމުވީ މީގެ ފަސްވަރަކަށް މަސްދުވަސް ކުރިންނެވެ.
ކޮމެންޓު ފޮނުވާ