އިންޑިއާއަށް އައި ބޭނުން ފުދިއްޖެ: ޕްރިޔަންކާ

އިންޑިއާއަށް އައި ބޭނުން ފުދިއްޖެ: ޕްރިޔަންކާ

Author
ފާތިމަތު ނާވީ
09 ނޮވެމްބަރ 2022 08:54
0

3 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެންބުރި ގައުމަށް ދިއަ ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އިންޑިއާއަށް ދިއަ ބޭނުން ފުދިއްޖެކަމަށް ބުނެފިއެވެ.

އިންޑިއާގައި ހަފްތާއެއްހައި ދުވަސް ހޭދަކުރުމަށްފަހު އޭނާ މިހާރު ހުރީ އެނބުރި ދިއުމަށް ރެޑީގައި ކަމަށް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ. ޕްރިޔަންކާ އިންޑިއާ އަށް މި ކުރި ދަތުރަކީ ވިޔަފާރީ ގެ ކަންކަމުގައި ކުރި ދަތުރެކެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމަކީ އޭނާގެ އަމިއްލަ ހެއާ ކެއާ ބްރޭންޑު އެނޯމަލީ ޕްރޮމޯޓްކުރުމެވެ. އަދި ހަމަ އެއާއިއެކުގައި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ ގޮތުގައި ލަކްނޯއަށް ވެސް އޭނާ ޒިޔާރަތްކުރިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

މީގެ އިތުރުން ބައެއް އިންޓަވިއު ތަކާއި ފިލްމީ ބައެއް މަސައްކަތްތަކާއި ވިޔަފާރީ އާއި ގުޅޭ ތަފާތު މަސައްކަތްތަށް އޭނާ ވަނީ ކޮށްފައިއެވެ. ޕްރިޔަންކާ ބުނެފައި ވަނީ މިދަތުރަކީ ވަރަށް ގިނަ ކަންތަށްތަކެއް ކުރެވުނު ވަރަށް މުހިންމު ދަތެރެއްކަމަށެވެ. އަދި ވަނީ އޭނާގެ ޓީމުން ކުރި މަސައްކަތާއި ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ފަހު އެމެރިކާގެ ލޮސްއެންޖަލިސްގައިއެވެ. ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ. އަދި އެދެމީހުންނަށް ވަނީ މިއަހަރު ޖެނުއަރީގައި ދަރިއަކު ލިބިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.